އާންމުވި ސިޓީގައި ވެސް އެފަދަ އެއްވެސް އިބާރާތެއް ނެތެވެ. އޭގެ ބަދަލުގައި ކަނޑުގެ މައްސަލާ ގައި ރާއްޖޭގެ ސްޓޭންޑް ސާފުކޮށް ދީ އެ ގޮތުގައި ރާއްޖެ އޮތްކަން ވަނީ ބަޔާންކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު އާންމު ނުކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އެ ސިޓީ ބަޔަކު ލީކުކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ރައީސްގެ ސިޓީފުޅުކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ ކަށަވަރު ކޮށް ދީފައެވެ. އެ އޮފީހުން ބުނި ގޮތުގައި ދައުލަތުގެ އެފަދަ ލިޔެކިޔުމެއް އާންމުވި ގޮތް ބަލާނެ އެވެ. އެކަން މިހާރު ބަލަމުންދާ ކަމަށެވެ.
އިޓްލޮސް އިން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި ރައީސްގެ ސިޓީފުޅަށް ހަވަލާދީފައިވާ ކަމަށް ބުނެ އެ ސިޓީ އާންމު ކުރުމަށް ސިޔާސީ ޕާޓީތަކާއި މަޖިލީސް މެންބަރުން ގެންދެވީ ގޮވާލައްވަމުންނެވެ. ނަމަވެސް ސަރުކާރުގެ އެފަދަ ލިޔުންތައް އެގޮތަށް އާންމު ކުރެވޭނެ އުސޫލެއް ނެތުމުން ސަރުކާރުން އެކަން ނުކުރެއެވެ. ދާދި ފަހުން ބާ ކައުންސިލަށް އެ ސިޓީ ވަނީ ހިއްސާކޮށްފައެވެ.
ސިޓީ އާންމުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ދިމާވި އެންމެ ބޮޑު ގިންޖެހުމަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ފަތުރަމުން ދިޔަ ދޮގު ވާހަކަތަކަށް ރައްދު ނުދެވުން ކަމަށާއި، ދެވަނަ ބުރުގެ ކެމްޕޭނުގައި ހާމަކުރަން ހުރި ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.
ރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅާއި ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައީ ކަނޑުން ބައެއް ދޫކޮށްލާފައި ނުވާނެ ކަމަށާ ސިޓީފުޅުގައި ދިވެހީންނާއި ގައުމަށް ގެއްލުވާނެ އެއްވެސް ކަމެއް ހިމަނާފައި ނުވާނެ ކަމަށެވެ. އާންމުވި ސިޓީގައި ވެސް އެފަދަ އެއްވެސް އިބާރާތެއް ނެތެވެ. އޭގެ ބަދަލުގައި ކަނޑުގެ މައްސަލާ ގައި ރާއްޖޭގެ ސްޓޭންޑް ސާފުކޮށް ދީ އެ ގޮތުގައި ރާއްޖެ އޮތްކަން ވަނީ ބަޔާންކޮށްފައެވެ.