އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ވޯޓްލާފައި ވަނީ 225،486 މީހުންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 220،651 އެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 79.85 ޕަސެންޓެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާއިރު މި ފަހަރުގެ އިންތިހާބު ގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 56،909 މީހުން ވޯޓް ނުލާ ކަމަށް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ވޯޓްލާފައި ވަނީ 225،486 މީހުންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 220،651 އެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 79.85 ޕަސެންޓެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ މީހުންގެ ވޯޓް ހޯއްދަވާފައެވެ.
ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް ސޯލިހެވެ. ދެން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. އެންމެ ހައިރާން ގެނުވި ނަތީޖާއަކީ ގާސިމް އިބްރާހިމާއި މުހައްމަދު ނާޒިމަށް ލިބިވަޑައިގެން ނަތީޖާ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާބު ކުރަން ބޭނުންވާ 50 ޕާސަންޓާ ހަމައަކަށް ވަޑައެއް ނުގެންނެވެ އެވެ. އެހެންވެ ދެވަނަ ބުރު އޮންނަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ބުރު އޮންނާނީ ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެވަނަ ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އެވެ.