އޭނާ ވިދާޅުވީ ވިދާޅުވީ އެއްބުރުން އިންތިހާބު ނުނިމުނު ކަމަށާއި އެކަމަކު އަދި އިންތިހާބު ނުނިމޭ ކަމަށެވެ. ދެވަނަ ބުރަށް ދާނީ އިހަށް ވުރެ ވަރުގަދަކޮށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓް މިހާރު ވަނީ ދެވަނަ ބުރަކަށް ގޮސްފަ އެވެ.
އަށް ކެންޑިޑޭޓުން ވާދަ ކުރެއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދެވި އެވެ.
އެ މަނިކުފާނު ވަނީ 101،180 ވޯޓް ހޯއްދަވާފަ އެވެ. ދެވަނައަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ 85،935 ވޯޓެވެ. އެއީ މުއިއްޒު ހޯއްދެވި ވޯޓާއި ބަލާއިރު 15،000 ވުރެ މަދު އަދަދެކެވެ.
މި ނަތީޖާއިން އިންތިހާބުގެ ދެވަނަ ބުރަށް މާލޭ ސިޓީގެ މޭޔަރު މުއިއްޒާއި ރައީސް ސޯލިހު ދަތުރު ކުރައްވާފައިވާއިރު ދެވަނަ ބުރުގެ ވޯޓް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ބުރުގެ ވޯޓަށް އަލުން ރީ ރަޖިސްޓްރީ ކުރަން ހުޅުވާލުމުގެ ކަންކަން މިހާރު ދަނީ ހިނގަމުންނެވެ.
ރައީސް ސޯލިހަށް ތާއީދު ކުރާ އަދާލަތު ޕާޓީގެ މެންބަރު އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަން ނުކުންނާނީ ކުރިޔަށް ވުރެ ވަރުގަދަކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ އެއްބުރުން އިންތިހާބު ނުނިމުނު ކަމަށާއި އެކަމަކު އަދި އިންތިހާބު ނުނިމޭ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވަނީ ދެވަނަ ބުރަށް ދާނީ އިހަށް ވުރެ ވަރުގަދަކޮށެވެ.
އަދި ދެވަނަ ބުރުގައި ނުކުންނާނީ ފުރަތަމަ ބުރުގައި ވޯޓުގައި ބައިވެރި ނުވާ ހުރިހާ މީހުންގެ ވޯޓާ ވެސް އެކު އެވެ. މިފަދަ މޭރުމަކުން އެމްޑީޕީގެ ޗެއާޕާންސް ފައްޔާޒު އިސްމާއިލް ވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.
އޭނާ އެހެން ވިދާޅުވި އިރު އިންތިހާބުގެ ފުރަތަމަ ބުރުން ލިބިވަޑައިގެންނެވި ނަތީޖާއާ ގުޅިގެން ރޭ ރައީސް ސޯލިހު ވިދާޅުވީ އިންތިހާބާ ކުރިމަތިލިއިރު ވިސްނިފައި ނެތް ބައެއް ކަންތައްތައް ގޮސްފައި އެބަހުރި ކަމަށެވެ.
އެއާ ދޭތެރޭގައި މަޝްވަރާކޮށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ވިދާޅުވީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން ކޮންމެ ގޮތެއް ވިޔަސް ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ ކަމަށާއި އެކަމަށް އިދިކޮޅު ޕީޕީއެމުން ވެސް މަސައްކަތް ކުރާނެއިރު އެމްޑީޕީން ވެސް އެ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯއްދެވޭނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ "އެކަން އެނގޭނީ މަސައްކަތް ފެށުމުން" ކަމަށެވެ.