"ދިމާ ކުރުމާ ފުރައްސާރަ ކުރުމަކީ އިބޫގެ މިޒާޖެއް ނޫން"

އެކަމަނާ ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން މި ފަސް އަހަރުގެ ތެރޭގައި ނޫސްވެރިއެއް ނުވަތަ ސިޔާސީ ބޭފުޅަކު ވެސް ރައީސް ސޯލިހު ހައްޔަރު ކޮށްފައޮ ނުވާ އިރު އަނިޔާވެރިކަން އިސް ކުރައްވައިގެން ވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

މެޑަމް ފަޒުނާ އަހުމަދު -- ރާއްޖެ އެމްވީގެ ފޮޓޯއެއް

މީހުނާ ދިމާ ކުރުމާއި ފުރައްސާރަ ކުރުމަކ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ އަދި ރުހި ވަޑައިގަންނަވާ ކަންކަން ނޫން ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ، މެޑަމް ފަޒުނާ އަހުމަދު ވިދާޅު ވެއްޖެ އެވެ. 

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އެކަމަނާ ވިދާޅުވީ މީހުނާ ދިމާ ކުރުމާއި މީހުންގެ ވާހަކަ ދެއްކުމަކީ ރައީސް ސޯލިހުގެ މިޒާޖުފުޅުގައި ހުންނަ ކަމެއް ނޫން ކަމަށެވެ. 

އަދި ވިދާޅުވީ އެ މަނިކުފާނަކީ އަބަދުވެސް އެ މަނިކުފާނަށް ކުރިމަތިވެ ވަޑައިގަންނަވާ ކަންކަމާއި އިމްތިހާނުތަކުގައި ކެތްތެރިކަން އިސް ކުރައްވާ ބޭފުޅެއް ކަމަށެވެ.

"އިބޫގެ ނުހުންނަ ސިފައެއް އެއީ. އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ މީހުނާ ދިމާކުރުމާއި، އެއްޗެހި ކިޔުމެއް... އެކަހަލަ ކަންތައް ކުރައްވާ ބޭފުޅެއް ނޫން އިބޫއަކީ" މެޑަމް ފަޒްނާ ވިދާޅުވި އެވެ. 

މީގެ އިތުރު އެކަމަނާ ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން މި ފަސް އަހަރުގެ ތެރޭގައި ނޫސްވެރިއެއް ނުވަތަ ސިޔާސީ ބޭފުޅަކު ވެސް ރައީސް ސޯލިހު ހައްޔަރު ކޮށްފައޮ ނުވާ އިރު އަނިޔާވެރިކަން އިސް ކުރައްވައިގެން ވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

ކޮމެންޓް

2
450
ޔޫސޭ
1 year ago

އަހާން، މިހާރަކަށް އައިސް މެޑަމް ތައް މިޕްރޮމޯޓް ކުރަނީ، ކޮޕީ އަކާ ވައްތަރީ

ޖޯރޭ
1 year ago

"މީހުނާ ދިމާ ކުރުމާއި ފުރައްސާރަ ކުރުމަކ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ އަދި ރުހި ވަޑައިގަންނަވާ ކަންކަން ނޫން ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ، މެޑަމް ފަޒުނާ އަހުމަދު ވިދާޅު ވެއްޖެ އެވެ." لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎ ހެޔޮނުވާނެ ދޯ އެހާ ދޮގު ހަދާކަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.