ނަފްސާނީ ބައްޔަށް ފަރުވާދޭ ކްލިނިކާއެކު އުނގޫފާރު ހޮސްޕިޓަލަށް ގިނަ ހިދުމަތްތަކެއް

ކުރިއަށް އޮތް ދައުރުގައި އެމަނިކުފާނަށް ވެރިކަން ލިބެއްޖެނަމަ ހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކެއް އަޅުއްވައިދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ބައްޔަށް ފަރުވާދޭ ކްލިނިކަކާއެކު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެޅި އާ ބްލޮކް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޓާޝަރީ ހިދުމަތްތަކާއެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މި ސަރުކާރުން އެޅި އާ ބްލޮކްގެ މަސައްކަތް ނިންމައި މިހާރު ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ. ރައީސް މިއަދު ވަނީ ރަސްމީކޮށް އެތަން ހުޅުއްވައިދެއްވާފަ އެވެ.

މި ބްލޮކްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް "ސިއްތަ ކްލިނިކް" ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރުން "އުފަންވެނި ކްލިނިކް" އަދި ޒަމާނީ ގިނަ އިތުރު ހިދުމަތްތައް ލިބޭ އިމާރާތަށް "މީރަން ބިލްޑިން" ގެ ނަމުން ވަނީ ނަން ދީފަ އެވެ.

ހޮސްޕިޓަލަށް އިތުރުކުރި އާ އިމާރާތުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި؛

ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. 

ރައީސް މިއަދު އުނގޫފާރުގައި ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކޮމޮޑޭޝަން މައްސަލަ ވެސް ވަރަށް ބޮޑުވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ދައުރުގައި އެމަނިކުފާނަށް ވެރިކަން ލިބެއްޖެނަމަ ހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކެއް އަޅުއްވައިދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުގައި ހިމެނޭ އޮތޮޅުތަކުގެ ގިނަ ބަޔަކު ފަރުވާ ހޯދާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ވަސީލަތްތައް ޓާޝަރީ ފެންވަރަށް ގާއިމްކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

  •  އިމަޖެންސީ ރޫމް
  •  ރޭޑިއޮލޮޖީ ރޫމް
  •  ލެބޯޓްރީ
  •  ތިއޭޓަރު
  •  10 ކޮޓަރީގެ ޕްރައިވެޓް ވޯޑް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.