ހިންގަވާފައި ޖަގަހަށް ވަޑައިގެންނެވިއިރު މުޅި ޖަގަހަ އޮތީ ސަޕޯޓަރުންނާ އެކު ފުރިފައެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ޖަގަހަ ގުގުމާލުމާއެކު އެކަމަނާއަށް ފުން އަސަރެއް ކުރި އެވެ. އަދި އެއާއެކު ކީރިތި ކުރެއްވުނެވެ.
އިދިކޮޅު ލީޑަރު / ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، އަހަރުތަކަކަށް ފަހު ސިޔާސީ މައިދާނުން އަލުން ފެނިލައިފި އެވެ.
އެކަމަނާ މިރޭ ވަނީ އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕެއިނަށް ކާނިވާ ސަރަހައްދުގައި ހަދާފައިވާ "ދިވެހީންގެ ޖަގަހަ" އަށް މިރޭ ވަޑައިގެންފައެވެ. އެކަމަނާގެ ގެކޮޅު -- ހެންވޭރު ދޫވެހިން ޖަގަހަ އަށް ވަޑައިގެންނެވީ ހިންގަވާފައެވެ.
ގެކޮޅުން ނިކުންނަވާ ހިންގަވަން ފެއްޓެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވާރޭވެހެން ފެށި އެވެ. ނަމަވެސް އެކަމަނާ ވަނީ ވާރޭގެ ތެރޭގައި ހިންގަވާފައި ޖަގަހަށް ވަޑަައިގެންފައެވެ.
އޭރު މުޅި ބޮޑުތަކުރުފާނު މަގު އޮތީ އެކަމަނާގެ ސަޕޯޓަރުންނައިގެން ފުރިފައެވެ. ހާއްސަކޮށް ވަރަށް ގިނަ އަދަދެއްގެ އަންހެނުން އެކަމަނާ އަށް މަރުހަބާ ކިޔަން އެއްވެފައި ތިއްބެވެ.
އެ މީހުން ގެންދިޔައީ ޖަލުގައި ހުންނެވި އެކަމަނާގެ ފިރިކަލުން / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.
ހިންގަވާފައި ޖަގަހަށް ވަޑައިގެންނެވިއިރު މުޅި ޖަގަހަ އޮތީ ސަޕޯޓަރުންނާ އެކު ފުރިފައެވެ. ޖަގަހާގައި ކުރިއަށް ދިޔަ ބައްދަލްވުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ އެޖެންޑާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ވާހަކަ ދައްކަވާފައެވެ.
އަދި މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވެސް ވާހަކަ ދެއްކެވި އެވެ. އެ ބޭފުޅުން ވަނީ މެޑަމް ފާތުންއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި އަލުން މައިދާނުން ފެނިވަޑައިގަތުމުން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ޖަގަހަ ގުގުމާލުމާއެކު އެކަމަނާއަށް ފުން އަސަރެއް ކުރި އެވެ. އަދި އެއާއެކު ކީރިތި ކުރެއްވުނެވެ.
ޖަގަހާ ގައި ވަަގުތުތަކެއް ހޭދަ ކުރެއްވުމަށް ފަހު އެކަމަނާ ނިކުންނެވިއިރު ގެކޮޅާއި ދާދި ކައިރިއާ ހަމައަށް ދިގު ސަފެއްގައި ސަޕޯޓަރުން އެތުރިގެން ތިއްބެވެ. އެކަމަނާ ވަނީ އެ އެންމެންނާއި ސަލާމް ކުރައްވާފައެވެ. ބައެއް މީހުންނާއެކު ފޮޓޯ ވެސް ނެންގެވި އެވެ.
މެޑަމް ފާތުންގެ އިތުރުން ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި ރަނިންގްމޭޓްގެ އަނބިކަނބަލުން އައިޝަތު އަފްރީން ވެސް މިރޭގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީޕީއެމް ޕީއެންސީ އަށް ލިބުން ވަރަށްބޮޑު ހިއްވަރެއްމީ. މެޑަމް ގެ ހާއްސަ ފެނިލުން ވަރަށް ސަޅި
ލޮލުން ކަރުނަ ވެސް އައިއްސި .. އިރًދަކުރެވިއްވً 4