ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދު ހަމީދީ ފައުންޑޭޝަނަކަށް އޮޅުވާލި ކަމަށް ތުހުމަތުކޮށް، އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަންގެ މައްސަލައެއް މެލޭޝިޔާއިން ބާތިލް ކޮށްފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދު ހަމީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާ މެލޭޝިއާގެ ޕްރޮސެކިއުޝަނުން ބާތިލުކޮށް އަނބުރާ ގެންގޮސްފި އެވެ.
ދައުލަތުގެ މި ނިންމުމާ ގުޅިގެން ބޮޑު ވަޒީރު އަންވަރު އިބްރާހިމްގެ ސަރުކާރު ކޯލިޝަންގެ މުހިންމު ބައިވެރިއެއްގެ ލީޑަރު މިނިވަންކަމާއެކު ވީއްލި ދޫވީ އެވެ. އަދި މި ނިންމުމާއެކު ބޮޑުވަޒީރު އަންވަރު އިބްރާހީމް ހިޔާނާތާ ދެކޮޅަށް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅިގެން ސުވާލުތައް އުފެދުނީ އެވެ.
އަންވަރު އިބްރާހިމް ވަނީ ކެރިވަޑައިގެން "ބިރެއް ރުހުމެއް ނެތި" ހިޔާނާތްތެރިންނާ ކުރިމަތިލައްވާ ފިޔަވަޅު އަޅުއްވާން ވައުދުވެ ވަޑައިގަތުމާއެކު ޝަރުއީ މަރުހަލާތަކަށް ހުރަސް ނާޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަންގެ ތާއީދު އަންވަރް އިބްރާހީމަށް ބޭނުންވެ އެވެ. އެއީ މަޖިލީހުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށެވެ.
ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަ ފުނި ބާތިލް ކުރަން ޕްރޮސެކިއުޝަނުން ނިންމުމުން އަމްނޯގެ އެހެން ލީޑަރުންގެ އިތުރުން ފާހަގަކޮށްލެވޭ ގޮތެއްގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް އޮތް ހިޔާނާތުގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ބަން ފުރުސަތު ހުޅުވުނީ އެވެ.
ދައުލަތުގެ ފަންޑު، 1އެމްޑީބީގައި ހިނގި މަލްޓި ބިލިއަން ޑޮލަރުގެ މައްސަލައާ ގުޅުން ހުރި ކުށްތަކުގައި ކުރީ ބޮޑުވަޒީރު ނަޖީބު މިހާރު ވެސް 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އޭނާގެ މައްޗަށް ރިޝްވަތުގެ އިތުރު ދައުވާތަކެއް ވެސް އުފުލާފައިވެ އެވެ. މި މައްސަލަތަކުގައި ސަރުކާރުގެ ސްޓޭންޑް މުޅީން ތަފާތެވެ. މި މައްސަލަ ދޫކޮށްލި އިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޯޓުން ބުނެފައި ވަނީ މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އަންވަރުގެ ނައިބު އަހުމަދު ޒާހިދަށް - ރިޝްވަތާއި މަނީ ލޯންޑަރިންގެ 47 ދައުވާ އުފުލާފައި ވެއެވެ. ނަވެސް ދައުވާތައް ގެންދަން ދައުލަތުން އެދުމުން ކުއަލަލަމްޕޫރު ހައިކޯޓުން ފަނޑިޔާރު ކޮލިން ލޯރެންސް ސެކެރާ މިހާރު ވަނީ އެ ހުއްދަ ދީފަ އެވެ. އޭނާ ވަނީ ފަގީރުކަން ނައްތާލުމަށް އުފެއްދި ޗެރިޓީއެއް ކަމަށްވާ ޔަޔާސަން އަކަލްބޫދީގެ 27 މިލިއަން ޑޮލަރުގެ ފައިސާއަށް ހިޔާނާތްވެ، ލޯންޑަރިންގެ އެތައް މައްސަލައެއްގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ.
މި ދައުވާތަކާ ގުޅިގެން ޒާހިދު ވިދާޅުވެފައި ވަނީ އެ ދައުވާއަކީ ސިޔާސީ ގޮތުން ކުރި ދައުވާއެއް ކަމަށެވެ.
ދައުލަތުގެ ނޫސް އެޖެންސީ ބެރްނާމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދައުލަތުން އެ މައްސަލަ ހުއްޓުވަން އެދިފައި ވަނީ އެ މައްސަލަ ފުންކޮށް ތަހުގީގު ކުރަން ބޭނުންވާތީ އެވެ. ދައުލަތުން ބޭނުންނަމަ ފަހުން ދައުވާ އަލުން އުފުލޭނެ އެވެ.
ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދު ހަމީދީ ފައުންޑޭޝަނަކަށް އޮޅުވާލި ކަމަށް ތުހުމަތުކޮށް، އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަންގެ މައްސަލައެއް މެލޭޝިޔާއިން ބާތިލް ކޮށްފި އެވެ.
ޒާހިދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވަނީ 2018 ވަނަ އަހަރު އެވެ. ޝަރީއަތް ފެށީ ނޮވެމްބަރު 18، 2019 ގަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މާރިއާ ޗިން އަބްދުﷲ ވިދާޅުވީ ދައުލަތުގެ މި ނިންމުން ގެނައުމުން އެއީ "ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް" ގެނައުމެވެ، އަދި އެ މައްސަލަ ދޫކޮށްލަން ބޭނުންވާ ސަބަބު ތައް ހިމެނޭ ފުރިހަމަ ބަޔާނެއް ދޭން ޖޭހޭނެ އެވެ.
"ރައްޔިތުން މަގުމައްޗަށް ނުކުތީ ހިޔާނާތްތެރި ލީޑަރުންނާ ދެކޮޅަށް... އަޅުގަނޑުމެން އުންމީދު ކުރަނީ އެކަން ކަމަށް އިންސާފު ލިބޭނެ ކަމަށް،" ޗިން އަބްދުﷲ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ދައުލަތުން އަމަލު ކުރި ގޮތުން "ކޮރަޕްޝަން އޯކޭ!" އޭ ބުނުމާ އެއްވަރުވީ އެވެ.