މީގެ ކުރިން 2019 ވަނަ އަހަރު އެރިޓްރިއާގެ ރައީސްއާ ދެކޮޅު މީހަކަށް ޓެލްއަވީވްގައި ވަޅިން ހަމަލާ ދީ މަރާލާފައި ވެއެވެ. އެ ހަމަލާ ދިނީ އެރިޓްރިއާގެ ރައީސަށް ތާއީދުކުރާ ތިން މީހެކެވެ.
އިޒްރާއީލުގައި ދިރިއުޅޭ އެރިޓްރިއާގެ ރައްޔިތުންގެ ތެރޭން އެރިޓްރިއާގެ ހުދުމުހުތާރު ސަރުކާރަށް ތާއީދު ކުރާ މީހުނާއި ތާއީދު ނުކުރާ މީހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމަލާއެކު ތަޅާފޮޅައި މާރާމާރީ ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ބައެއް މީހުންގެ ހާލު ސީރިއަސް ވެއްޖެ އެވެ.
އެފްރިކާގެ އިރުއުތުރުގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރިއާއަކީ އެ ގައުމުގެ ބޯޑަރުތައް އިތިއޮޕިއާ އާއި ސޫދާން އަދި ޖިބޫޓީއާ ހިއްސާ ކުރާ ގައުމެކެވެ. އެ ގައުމުގައި ވެރިކަން ހިންގުމާއި ގައުމުގެ ހާލަތާއި އެހެން ވެސް ކަންތައްތައް ބައްޓަންކޮށްފައި އޮންނަ ގޮތުން ފިލައިގެން ގޮސް ގައުމުން ބޭރުގައި ވަރަށް ގިނަ ބަޔަކު ދިރިއުޅޭ އިރު އޭގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުން ގޮސް އިޒްރޭލުގައި އުޅެ އެވެ.
އިޒްރޭލްގެ ޓެލް އަވީވް ސިޓީގައި އެރިޓްރިއާ ދެ ބައިގަނޑެއް ކުރިމަތިލައި ތަޅާފޮޅައިގަތީ މުޒާހަރާއަކާ ގުޅިގެނެވެ. އޭގެ ތެރެއިން އެއްބަޔަކީ އެރިޓްރިއާގެ ސަރުކާރަށް ތާއީދު ކުރާ މީހުންނެވެ. އެ މީހުން އުޅުނީ މުޒާހަރާއެއް ކުރާށެވެ. އަނެއް ބައި މީހުނަކީ އެރިޓްރިއާގެ ސަރުކާރާ ދެކޮޅު ހަދާ މީހުންވެ. މުޒާހާރައެއް ކުރާން އުޅުނީ އެރިޓްރިއާގެ ސަރުކާރާ ދެކޮޅު ހަދާ މީހުނަށް އަމާޒުކޮށެވެ.
އިއްޔެ ތަޅާފޮޅައިގަނެ މާރާމާރީ ހިންގުންތައް އައީ އެރިޓްރިއާގެ ސަރުކާރަށް ފާޑުކިޔާ އެތައް ސަތޭކަ ބަޔަކު ނުކުމެ އެއްވުމެއް ހަދައިގެން ގޮސް ސަރުކާރަށް ތާއީދުކުރާ މީހުން ހަރަކާތެއް ބާއްވަން އުޅުނު އެ ސަރަހައްދާ ކައިރިވުމުންނެވެ.
ވާދަވެރި ދެ ބައިގަނޑުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުނަށް އަނިޔާވެފައި ވާއިރު ތަޅާފޮޅުން މައިތިރިކޮށް ދެފަރާތް ފަހަތަށް ޖައްސަން އިޒްރޭލުގެ ފުލުހުން ވަނީ ވައިގެ ތެރެއަށް އިންޒާރުގެ ބަޑި ޖަހާފަ އެވެ.
އިޒްްރޭލުގެ އިމަޖެންސީ މެޑިކަލް ސާވިސް އިން ބުނީ އަނިޔާވެގެން 114 މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
މި ހަމަނުޖެހުންތަކުގައި ހިމެނޭ އެރިޓްރިއާ މީހުން ވަނީ ފުލުހުންގެ ބޭރިކޭޑްތައް ފަޅާލައި ކާރުތަކަށް ގެއްލުން ދީ ފިހާރަތަކުގެ ކުޑަދޮރުތައް ތަޅާލާފަ އެވެ. މީގެ އިތުރުން އެރިޓްރިއާ އެމްބަސީ ކައިރީގައި ހުރި ތަނަކަށް ވަދެގެނެ ގޮނޑިތަކާއި މޭޒުތައް ސުންނާފަތިކޮށްފައި ވެއެވެ.
އެރިޓްރިއާ ސަރުކާރަށް ތާއީދު ކުރާ މީހުނާއި ސަރުކާރާ ދެކޮޅު މީހުން ކުރިމަތިލައި ތަޅާފޮޅާ މަންޒަރު ފެންނަ ފޫޓޭޖްތައް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. ރޮއިޓާސްގެ ނޫސްވެރިންނަށް ފެނުނު ގޮތުގައި ބޮލުގައި ބޮޑެތި ޒަހަމްތައް ހުރި މީހުނާއި ހަށިގަނޑުން ލޭ އޮހޮރެމުން ދިޔަ ބައެއް މީހުން ބިންމަތީގައި އޮށޯވެގެން ތިއްބެވެ.
ހިފާފައިވާ އިރުމަތީ ގުދުސް އިން ރިޕޯޓް ކުރި އަލްޖަޒީރާގެ ޕޯލް ބްރެނާން ބުނީ އެ ހަމަނުޖެހުންތައް އުފެދުނު އިރު އެ ހަމަނުޖެހުމުގެ ވަރުގަދަކަން ފުލުހުން ކުރިން ލަފާ ކޮށްފައި ނުވުމުން ބޭރިކޭޑްތައް ދުއްވާލީ ވަރަށް އަވަހަށް އެހައި ފަސޭހައިން ކަމަށައި ފުލުހުންނަށް އެއަށް ޖަވާބުދާރީވާން ޖެހުނީ ކަރުނަގޭހާއި ސްޓަން ގްރެނޭޑް ޖަހައިގެން ކަމަށެވެ.
"މި ހަމަނުޖެހުންތަކުގައި މަދުވެގެން 30 ފުލުހުންނަށް ވެސް އަނިޔާ ވެފައިވޭ،" ބްރެނާން ރިޕޯޓް ކޮށްފައި ވެއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު އެރިޓްރިއާގެ ރައީސްއާ ދެކޮޅު މީހަކަށް ޓެލްއަވީވްގައި ވަޅިން ހަމަލާ ދީ މަރާލާފައި ވެއެވެ. އެ ހަމަލާ ދިނީ އެރިޓްރިއާގެ ރައީސަށް ތާއީދުކުރާ ތިން މީހެކެވެ.
މަޖިލީހެއް ވެސް އަދި މިނިވަން ކޯޓުތަކެއް ވެސް މަދަނީ ޖަމިއްޔާތަކެއް ވެސް ނެތެވެ. މީގެ އިތުރުން ހަރުކަށި ލާޒިމު އަސްކަރީ ހިދުމަތާއި މަޖުބޫރު ކޮށްގެން މަސައްކަތް ކުރުވުމުގެ ނިޒާމެއް ގާއިމް ކޮށްފައިވާއިރު، އެ ނިޒާމާ ނުރިހި އެރިޓްރިއާގެ ގިނަ ބަޔަކު ގައުމުން ބޭރަށް ފިލަ އެވެ.
އިޒްރޭލުގައި އޮންނަ އެރިޓްރިއާގެ ސަރުކާރާ ދެކޮޅު މީހުން ބުނަނީ އެމީހުން ކަންކަން މޮނިޓާކޮށް ޓްރެކް ކުރަން ރިޓްރިއާގެ އެމްބަސީން މަސައްކަތް ކުރާ ކަމަށެވެ. އިޒްރާއީލުގައި ތިބި ގާތްގަނޑަކަށް 20،000 އެރިޓްރިއާ މީހުންގެ މެދުގައި ވަރަށް ބޮޑަށް ބައިބައިވުންތަކެއް އޮވެ އެވެ. އެ ގައުމުގެ ވެރިކަމަށް ފާޑުކިޔާ މީހުން ސިފަކުރަނީ އެރިޓްރިއާ އަކީ އެފްރިކާގެ އުތުރު ކޮރެއާގެ ގޮތުގަ އެވެ.