މޫސުން ގޯސް ވިޔަސް ޖަލްސާ އޮންނާނެ، ކޮންމެ ބައިވެރިއަކަށް ކުޑައެއް

އެމްޑީޕީން ދެންމެ ބުނީ މިރޭގެ ޖަލްސާ މޫސުން ގޯސް ވިޔަސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ޖަލްސާގެ ކޮންމެ ބައިވެރިއަކަށް ކުޑައެއް ލިބޭނެ ކަމަށެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާއަށް ތައްޔާރު ކުރަނީ

"އުފާވެރި މާލެ" ނަމުގައި ގްރޭޓާ މާލޭ އޭރިއާއަށް އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހުއްވާ އާ ތަސައްވަރު ހާމަކުރުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ގޯސް ވިޔަސް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިއީ ރައީސް ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި މާލޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާއަށް ވާނެ އެވެ. އެ ޖަލްސާއަށް ވަރަށް ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްރަށުން މާލެ ވަނީ އަރާފައެވެ. ނަމަވެސް މިއަދަކީ މާލެ އަށް މޫސުން ގޯސް ދުވަހެވެ.

އެމްޑީޕީން ދެންމެ ބުނީ މިރޭގެ ޖަލްސާ މޫސުން ގޯސް ވިޔަސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ޖަލްސާގެ ކޮންމެ ބައިވެރިއަކަށް ކުޑައެއް ލިބޭނެ ކަމަށެވެ. ޖަލްސާއަށް ގާތްގަނޑަކަށް 7،000 އާ ގާތް ކުރާ އަދަދަކަށް މީހުން ޖަމާވާނެ ކަމަށް ވެއެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާއަށް ތައްޔާރު ކުރަނީ

އެމްޑީޕީން އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ރައީސް ސޯލިހާއި އެމްޑީޕީ އާއި ގުޅިފައިވާ ދެ ޕާޓީ ލީޑަރުންނާއި އެމްޑީޕީގެ ލީޑަޝިޕ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެ މުޅި އެ ޖަލްސާގަ ބިނާ ކުރާނީ މާލެ ސަރަޙައްދަށް އެމްޑީޕީން، ރައީސް ސޯލުހު ހުށަހަޅާ ތަސައްވަރު ހާމަކުރުމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގާތްގަނޑަކަށް ހުރިހާ ރަށަކަށް މިހާރު ދަތުރު ކުރައްވާ އެމްޑީޕީން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ ސިޔާސަތުތަކާއި ޕްލޭންތައް އިއުލާން ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.