ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ތަނަވަސް ކޮށްދެއްވައިފިނަމަ، ޅ. ހިންވަރާއި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާނެ ކަމަށެވެ.
ޅ. ހިންވަރާއި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާ ނައިފަރާއި މަޑިވަރާއި ހިންނަވަރު ބޮޑު ސިޓީ އަކަށް ހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
ގާސިމް މިއަދު ވަނީ ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައެވެ. ނައިފަރަށް ވަޑައިގަތުމުން ޅ އަތޮޅުގެ އެއާޕޯޓް ތަރައްހީ ކޮށްފައިވާ މަޑިވަރުގައި ހުންނަވާ ގާސިމް ވަނީ ފާދިއްޕޮޅާމެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާމަ ކުރައްވާފައެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ތަނަވަސް ކޮށްދެއްވައިފިނަމަ، ޅ. ހިންވަރާއި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާނެ ކަމަށެވެ.
އަދި ނައިފަރާއި މަޑިވަރާއި ހިންނަވަރު ބޮޑު ސިޓީ އަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
ގާސިމް މިއަދު ނައިފަރަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ. ބޮޑު އާބާދީ އޮތް ނައިފަރުން ވަރަށް ގިނަ ބަޔަކު ގާސިމަށް މަރުހަބާ ކިޔަން ޖުމްހޫރީ ޕާޓީގެ ރަތް ޓީޝާޓުގައި ބަނދަރު މައްޗަށް ޖަމާވެފައިވެެއެވެ.
ގާސިމް ވަނީ އެ ރައްޔިތުންނާއި ސަލާމް ކުރައްވާފައެވެ. ގާސިމްގެ އަރިހުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ނައިފަރަށް ވަޑައިގަތެވެ.