ގާސިމް ތުޅާދޫއަށް ވަޑައިގެންނެވި ވަގުތަކީ އެ ރަށަށް ބޯކޮށް ވާރޭވެހެމުން ދިޔަ ވަގުތެއް ނަމަވެސް ރަށުގެ ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރު ސަރަހައްދަށް ޖަމާވި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ބ. ތުޅާދޫ އަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ. ތުޅާދޫ އަކީ ގާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
ގާސިމް ތުޅާދޫއަށް ވަޑައިގެންނެވި ވަގުތަކީ އެ ރަށަށް ބޯކޮށް ވާރޭވެހެމުން ދިޔަ ވަގުތެއް ނަމަވެސް ރަށުގެ ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރު ސަރަހައްދަށް ޖަމާވި އެވެ. ގާސިމް ވަނީ އެ ރައްޔިތުންނާއި ސަލާމް ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި ތުޅާދޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސަރުކާރުން ތުޅާދޫގެ ރައްޔިތުންނަށް ދައުވަތު ދީ ގާސިމް ވަޑައިގެންނެވި ގަޑީގައި އެ ރަސްމިއްޔާތު ފެށުމަށް ހަމަޖެއްސީ ގާސިމަށް މަރުހަބާ ކިޔަން ދާ މީހުންގެ އަދަދު މަަދުކުރުމުގެ ބޭނުމުގައެވެ.
ތުޅާދޫއަށް ވަޑަައިގެން ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ބޮޑުދިދަ އެރަށު ބަދަރު ސަރަހައްދުގައި ނަންގަވާ ދެއްވާފައެވެ.
ތުޅާދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް ސޯލިހަށް ވެރިކަން ހޯދާ ދިނުމަށް މަސައްކަތް ކުރެއްވީ އެމަނިކުފާނު ރައްޔިތުންނާއި ގައުމަށް އިހްލާސްތެރި ވެރިކަމެއް ކޮށްދޭނެ ކަމަށް ކަމަށް އުންމީދު ކޮށްގެން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ހިޔާނާތްތެރިވުމާއި ގައްދާރުވުމުގައި އެހެން ވެރިންނަށް ވުރެ ކުރީގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ވިދާޅުވި އެވެ.
ގާސިމް ވަނީ ގައުމުގެ މިހާރުގެ ހާލަތާއި މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ލިބުނު ނިކަމެތިކަން ރައްޔިތުންނަށް އެނގި ތިބެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ނަގާ ވޯޓުގައި އެހެން ގޮތަކަށް ނިންމާފިނަމަ އެކަމުގެ ސަބަބުން ގައުމަށް ލިބޭނެ ނިކަމެތިކަން ވަޒަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލްވުމުގައި ކުރީގެ ޓޫރިޒަމް އަލީ ވަހީދު ވިދާޅުވީ ގާސިމްގެ ރަނިންމޭޓް ޑރ. އަމީނަކީ އިލްމީ ގޮތުންނާއި އަހްލާގީ ގޮތުން ވެސް ރަނިންމޭޓުންގެ ތެރެއިން ފެންނަން ހުރި އެންމެ ވަރުގަދަ ސަޙްސިއްޔަތު ކަމަށެވެ. އަދި އެއީ ނައިބު ރައީސެއްގެ މަގާމު އަދާކުރުމަށް އެންމެ ގާބިލް ބޭފުޅާ ކަމަށެވެ.
އަލީ ވިދާޅުވީ މިއީ ބ އަތޮޅަށާއި ތުޅާދޫ އަށް ލިބޭނެ އެންމެ ޝަރަފްވެރި ފުރުސަތު ކަމުން ތުޅާދޫގެ ދަރިއަކު ބ އަތޮޅުގެ ދަރިއަކު ރާއްޖޭގެ އެންމެ މަތީއޮފީސް ހިންގުމުގެ ޝަރަފް ދެއްވަން ވީ ވަގުތަކީ މިއީ ކަމަށެވެ.
ތި ރަށުންވެސް ނުދޭނެ ގިނަ ވޯޓެއް. ދައްތަ މިހެން ބުނީތީވެސް ބަލާތި. ވޯޓް ގުނާ ނިމުނީމަ ބަލައްޗޭ، ތިތަނަށް ދިޔަ މީހުންނާ އެއްވަރަށް ވެސް ތުޅާދޫން ނުލިބޭނެ. ލާރިއަށް ހަމަ ލާރިއަށް. އެއްވެސް އިހްލާސްތެރި ކަމެއްނެތް ބައެއް ގާސިމް ގެ ވަށައިގެން ތި އެނބުރެނީ.
އާން! ކަބުލޯ ތިބުނީ ހަމަ ހެޔޮކޮން، މިހާރު މިޤައުމުގެ މީހުން މުޅިން މާއްދިއްޔަތަށް ގޮސްހުވެއްޖެ. އަމިއްލަ ފައިދާއާއި މަސްލަހަތަށް ނޫނިއްޔާ އިންތަނުން ހިރިވެސް ނުލާނެ. ޤައުމު މިއޮތީ މުޅިން ތަޣައްރުވެފައި، މީހުން އަޚްލާޤާ، އުޅުމާއި ގުޅުން އެއްކޮށްހެން ބަދަލުވެއްޖެ އިޚްލާޞްތެރި އެކަކުވެސް ނެތް އެހެންވާނީވެސް ވޯޓަށްއައިސް އުޑުން ތަރިތައް ބާލައިދީފަ ދާގޮތަށް ޚަބަރެއްނުވޭ ވިއްޔަ. ދޮގުވެރި މަކަރުވެރި ސިޔާސީމީހުންގެ ސަބަބުން ގައުމު މިވަނީ ހަލާކުވެފަ.