ހަންގޭރީއަށް ކިޔަވަން ދާ 25 ދަރިވަރުން ފުރަން ތައްޔާރު ވެއްޖެ

މި ސްކޮލާޝިޕް ފުރުސަތުގައި އިންޖިނިއަރިން އާއި ކޮމްޕިއުޓާ ސައިންސާއި ސިއްހީ ދާއިރާ އާއި އަދި ޓީޗިންގެ ދާއިރާ ތަކުން ފުރުސަތުތަށް ލިބެ އެވެ.

ހަންގޭރީއަށް ކިޔަވަން ދާ 25 ދަރިވަރުންނާއި ބައެއް އޮފިޝަލުން

ހަންގޭރީއަށް ކިޔަވަން ދާ 25 ދަރިވަރުން އަންނަ މަހު ފުރަން ތައްޔާރު ވެއްޖެ އެވެ. 

ހަންގޭރީ ސަރުކާރާއި ހަންގޭރީގެ އޮނަރަރީ ކޮންސުލް ޖެނެރަލް ބޭއްވި ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަޝިޕް ޕްރޮގްރާމް ކާމިޔާބުކުރި 25 ދަރިވަރުންނަށް މިހާރު ވަނީ ފެއާވެލް އެއް ބާއްވަފަ އެވެ. ދަރިވަރުން ކިޔަވަން ހަންގޭރީއަށް ދަތުރު ކުރާނީ އަންނަމަހު އެވެ.

ހަންގޭރީ ސަރުކާރާއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2021، ނޮވެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ގައުމުން ވަނީ ރާއްޖެއަށް މަތީ ތައުލީމުގެ 60 ސްކޮލާޝިޕް ހިލޭ ދޭން ނިންމާފަ އެވެ. 

މަތީ ތައުލީމާބެހޭ މި އެއްބަސްވުމެއްގެ ދަށުން ހަންގޭރީން ދިވެހި ދަރިވަރުންނަށް އަހަރަކު ދެމުން އައި ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް ވަނީ މިހާރު އިތުރު ކޮށްފަ އެވެ.

މުހައްމަދު އަލީ ޖަނާހް

ހަންގޭރީގެ ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލު ކުރަން ހުޅުވާލާ މި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗެލާސްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތެވެ. މި ސްކޮޕާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެ ކޮޅު ޓިކެޓުގެ އިތުރުން ކިޔެވުމާއެކު ހުރިހާ ހަރަދެއް ހިލޭ ފަހިކޮށް ދެއްވާނެ ކަމަށް ހަންގޭރީގެ އޮނަރަރީ ކޮންސުލް ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު ވިދާޅުވެ އެވެ.

މި ސްކޮލާޝިޕް ފުރުސަތުގައި އިންޖިނިއަރިން އާއި ކޮމްޕިއުޓާ ސައިންސާއި ސިއްހީ ދާއިރާ އާއި އަދި ޓީޗިންގެ ދާއިރާ ތަކުން ފުރުސަތުތަށް ލިބެ އެވެ.

ޖަނާހް ވަނީ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ހަންގޭރީއަށް ދަތުރުކުރާ ރާއްޖޭގެ ދަރިވަރުންނަށް ވިސާ އެޕްލިކޭޝަން ޕްރޮސެސް ފަސޭހަކޮށްދިނުމަށް އިންޑިއާގެ ނިއުދިއްލީގައި ހުންނަ ހަންގޭރީގެ އެމްބަސީއާ ގުޅިގެން މަސައްކަތް ކުރައްވާފަ އެވެ.

ކޮމެންޓް

1
450
ާްއަލީ
1 year ago

މިހާރު ކިޔެވުން ފެށޭ ދުވަސް ޖެހެނީ. އަދިވެސް ވިސާ ނުލިބޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.