މޫސުން ގޯސްވުމުން ރަށްރަށަށް ވޯޓު ކަރުދާސްތައް ފޮނުވުން ފަސްކޮށްފި

ފަތިހު ފޮނުވާލަން ލޯންޗުތަކަށް ބަރުކުރި ހުރިހާ ސާމާނެއް އަނބުރާ އީސީއަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަނެއްގެ ވޯޓު ފޮއްޓެއް: ރަށްރަށަށް މިއަދު ވޯޓް ކަރުދާސްތައް ނުފިނުވުނު

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ރަށްރަށަށް ފޮނުވަން ހަމަޖެހިފައިވާ ވޯޓު ކަރުދާތަސް ފޮނުވުން ލަސްވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިބާހުގެ ވޯޓު ކަރުދާސްތައް ޗެކްކޮށް، ޕެކްކުރުމަށްފަހު އަތޮޅުތަކަށް ސެކިއުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ކުރިން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު އުތުރުގެ އަތޮޅުތަކަށް އަދި މާދަމާ ދެކުނުގެ އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ މިއަދު އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ސާމާނު މޫސުން ގޯސްވުމުގެ ސަބަބުން ނުފޮނުވުނު ކަމަށެވެ. ފަތިހު ފޮނުވާލަން ލޯންޗުތަކަށް ބަރުކުރި ހުރިހާ ސާމާނެއް އަނބުރާ އީސީއަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަބީބް ކުރިން ވިދާޅުވެފައި ވަނީ އެތަކެތި ރަށްރަށަށް ފޮނުވަން ހަމަޖެހިފައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު، އީސީގެ މުވައްޒަފުން މެދުވެރިކޮށް ކަމަށެވެ. ޑިސްޕެޗް ކުރާ ސާމާނު ހަވާލު ކުރާނީ ސިޓީ ނުވަތަ އަތޮޅު ކައުންސިލްތަކުގެ އިދާރާއާ އެވެ. ވަކި ވަކި ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކާ ތަކެތި ހަވާލުކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.

މިއަދު ސާމާނު ނުފޮނުވުނު ނަމަވެސް ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ތަކެއްޗެއް ފޮނުވާ ނިމޭނެ ކަމަށް ހަބީން ވަނީ ވިދާޅުވެފަ އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ.

ކޮމެންޓް

1
450
ފިރާ
1 year ago

އަދި ވަގުތު އެބައޮތެއް ނޫންތޯ،

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.