ގާސިމްގެ ރަނިންމޭޓް އިއްޔެއާ މިއަދު ތ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިނުގެން ހުސައިން ވަނީ ރައީސްގެ ކެމްޕެއިނަށް ތ އަތޮޅަށް ވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހުސައިން ރަޝީދު ހަސަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިނާ ގުޅިވަޑައިގެންފި އެވެ.
ހުސައިން ވަނީ ތ. ތިމަރަފުށީގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާ އިންނެވީ ވެސް ޖަލްސާގެ އެންމެ ކުރީ ސަފުގައެވެ.
ރިޔާސީ އިންތިހާބު ގައި ގާސިމް ވާދަކުރަން ފެންނަ ކަމަށް ނިންމީ ހުސައިންގެ ވެސް ވޯޓާއެކު ގައެވެ. އަދި އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ބޭއްވި ބައްދަލްވުންތަކުގައި ވެސް ހުސައިން ގެންދެވީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އެންމެ ފަހުން އޮތް އެ ޕާޓީގެ ގައުމީ ޖަލްސާގައި ނާއިބު ލީޑަރު ކަމަށް ވާދަކުރެއްވި ނަމަވެސް ހުސައިން އެ މަގާމަށް އިންތިހާބު ކުރަން ގައުމީ ޖަލްސާގެ މެންބަރުންނަކަށް ފެނިވަޑައެއް ނުގަތެވެ. ނާކާމިޔާބުވެވަޑަައިގަތަސް ހުސައިން ވަނީ ގާސިމާއި ޖުމްހޫރީ ޕާޓީއާއެކު ހުންނެވިކަން ހާމަ ކުރައްވާފައެވެ.
ނަމަވެސް މި ފަހުން ޖޭޕީގެ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ގާސިމްގެ ރަނިންމޭޓް އިއްޔެއާ މިއަދު ތ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިނުގެން ހުސައިން ވަނީ ރައީސްގެ ކެމްޕެއިނަށް ތ އަތޮޅަށް ވަޑައިގެންފައެވެ.
އެކަމާ ގުޅޭގޮތުން ހުސައިންގެ ބަހެެއް ނުލިބެއެވެ. ޖޭޕީގެ އިސް ބޭފުޅަކު ވަނީ މަގާމަށްޓަކައި ޕާޓީ ދޫކޮށްލާނަމަ ހިތްވަރު ހުންނަން ވާނެ ކަމަށް ވިދާޅުވެ ހުސައިންނަށް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެހެން ބޭފުޅުން ފަދައިން ކޮންމެވެސް އެއްކޮޅެއްގައި ހުންނެވުމަށެވެ.
"މައުސޫމް ވެސް ގާސިމް އަރިހުން ހުރިހާ މޮޅެއް ހޯއްދަވާފަ އެންމެ ފަހު ވަގުތު ވަޒީރު ކަމުގެ މަގާމަށްޓަކައި އެވަޑަައިގަތީ. އެހެންވީމަ ހުސައިން ވެސް ދެ އޮޑީގައި ދެ ފައި އަޅުއްވައިގެން ނުހުންނަވާ ސާފުކޮށް ވިދާޅުވެފައި މަގާމަށްޓަކާ ގާސިމް ދޫކޮށްލައްވަންވީ. އަޅުގަނޑުމެންގެ މައްސަލައެއް ނެތް،"
ގާސިމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ހުރިހާ ގޮތަކުން ލިބިވަޑައިގެންފައިވާ ހުސައިން ރަަޝީދު މި ސަރުކާރުގައި މިނިސްޓަރު ކަން ދެއްވެވީ ވެސް ގާސިމްގެ އެދިވަޑައިގަތުމަކަށެވެ.
މަގާމުގެ ދަހިވެތިކަމުގަ.
މަގާމުގެ ދަހިވެތިކަމުގަ.
ވަރަށް ލަދުވެތި ކަމެއް.ގާސިމުގެ ސަބަބުން ބަޔަކަށް ވާކިތަންމެ ބަޔަކު އޭނަ އޭނަ އެމީހުން ބޭނުން ވާ ވަގުތު ފިލަނީ.