ޑޮލަރުން ފައިސާ ދިނުން ހިމަނާއި ކަންނެލި މަސްވެރިންގެ 13 ޑިމާންޑެއް

ބޮޑު ކަންނެލި މަސްވެރިންގެ އެއް ޑިމާންޑަކީ މަަސް ކިލޯއެއް 80ރ. އާއި 115ރ. އާ ދެމެދުގައި ބަހައްޓައި ދިނުމެވެ.

މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު

ސަރުކާރުތަކުން ބޮޑު ކަންނެލި މަސްވެރިންނަށް އަޅައެއް ނުލައެވެ. މި ޝަކުވާ ކުރާތާ އެތައް ދުވަހަކަށް ފަހު އިންތިހާބަށް ކުރިމަތިލާފައިވާ ތިއްބެވި ކެނޑިޑޭޓުންނަށް 13 ޑިމާންޑެއްކޮށްފި އެވެ. މީގެތެރޭން އެއް ޑިމާންޑަކީ މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުމެވެ. 

ރާއްޖޭގެ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ތިބިއިރު މިވަގުތު މަހަށް ފުރާނެ މީހަކު ނުވެގެން ގިނަ އޮޑިފަހަރު ބަނދަރުގައި ބާއްވަން ޖެހިވަނިކޮށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ކުރި ޑިމާންޑްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ޑިމާންޑްއަކީ ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ތެރެއަށް ވަނުމެވެ. 

ބޮޑު ކަންނެލި މަސްވެރިންގެ މާންޑްތައް

  • 1.25ރ. ކިލޯއިން މަތި ބޮޑު ކަންނެލި ގަނެވޭ އަގު 115 ކިލޯއަށް ހެދުން، 18- 25 ކިލޯއާ ދެމެދު ކަންނެލީގެ އަގު 80ރ. އަށް ހެދުން
  • 2.މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުން
  • 3.ޕްރައިވެޓައިޒް ކުންފުނިތަކުން މޮނޮޕޮލީ ވެފައިވާ ވިޔަފާރިއަކަށް މި މަސްވެރިކަން ނުހެދުން
  • 4.ދިވެހި މަސްވެރިކަން އިސްތިހާރުކޮށް އިތުރު މާކެޓްތައް ހޯދުން
  • 5.ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ވެއްދުން
  • 6.ޑިސަލް އާއި ޕެޓްރޯލްގެ އަގު ހެޔޮ ކުރުން
  • 7.މާލެ ސިޓީގެ މަސްވެރިންނަށް ލަފާ ފުރާނެ ފަސޭހަ ނިޒާމެއް ގާއިމް ކުރުން
  • 8.މަސްވެރިން ހިއްސާވާ ހުރިހާ ކަމެއްގައި މަސްވެރިންގެ ޔޫނިއަން އަދި ޖަމިއްޔާތަކުގެ މަަޝްވަރާ ކުރުން
  • 9.އެހެނިހެން ސިނާއަތްތަކުގައި އުޅޭ ފަރާތްތަކަށް އިނާޔަތްތައް މަސްވެރިންނަށް ލިބުން
  • 10.ވީއެސްޑީ ޑިވައިސް އަގު ހެޔޮ ކުރުމާއެކު، މަސްވެރިންގެ ޑިމާންޑާ އެއްގޮތަށް ދިނުން

ބޮޑު ކަންނެލި މަސްވެރިކަމާއި ކަޅުބިލަ މަސްވެރިކަން ތަފާތު ކުރާކަމުގެ ޝަކުވާ މީގެ ކުރިންވެސް މަސްވެރިން އުފުލާފައިވެ އެވެ. ބޮޑު ކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ކުރިން ބުނެފައިވާ ގޮތުގައި މި ޔޫނިއަނަކީ ބޮޑު ކަންނެލި މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް ހިމާޔަތް ކުރަން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށާ ކަންނެލި މަސްވެރިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ތަސައްލީއެއް ނުލިބި ދިގު ދެމިގެން ދާއިރު، ކަންނެލި މަސްވެރިކަން ހަލާކަށްދާން ގަސްތުގައި ސަރުކާރުން ދޫކޮށްލައިގެން ތިބުމަކީ މި ޔޫނިއަންއިން ކަންބޮޑުވާކަމެއްގެ ގޮތުގައި ވެސް ބުނެފައިވެ އެވެ.

ބީކޭއެމްޔޫ ހަރަކާތްތަކަށް ނަޒަރެއް - ދެ އަހަރެއް ކުރިން އުފެއްދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ މަސްވެރިންގެ ދުވަހާ ދިމާކޮށް މީގެ އަހަރެއް ކުރިން މާލެ ވަށައި ދޯނި ބުރެއް ޖަހާފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ބޭއްވި މަސްވެރިންގެ ދުވަހު ދުރާލާ ރާވައިގެން ސަރުކާރުގެ އިސްވެރިންނަށް ދައުވަތު ދީގެން މި މުޒާހަރާ ބާއްވާފައިވެ އެވެ. މި އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެން ވާހަކަ ދެއްކެވި އެވެ. އަދި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ހައްލު ކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.