ހޯދަންވީ ފަސާދަ ނައްތާލާ އެއްބައިވަންތަ ކުރެވޭނެ ރައީސެއް، އެއީ ގާސިމް: އަމީން

"އަޅުގަނޑުމެންގެ ލީޑަރު ގާސިމް އިބްރާހިމަކީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތްޕުޅަށް ބަލާއިރުވެސް އެމަނިކުފާނާ އެންމެ ދުޝްމަނު ކަމަށް އަޅުގަނޑުމެންނަށް ފެންނަ މީހާވެސް އެންމެ ކައިރިކޮށްގެން ގެންގުޅުއްވާ ބޭފުޅެއްް،"

އަމީން އިބްރާހިމް ލ އަތޮޅުގައި ވާހަކަފުޅު ދައްކަވަނީ: މިރޭ މައިބައިދޫއަށް ވަނީ ވަޑައިގެންފައި

ރާއްޖެއަށް މިވަގުތު ބޭނުންވަނީ ގައުމު އެއްބައިވަންތަ ކުރައްވާނެ ލީޑަރެއް ކަަމަށާ ގައުމުގައި އޮތް ބަދަލު ހިފުމުގެ ރޫހު ނައްތާލަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ލ. މާބައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ. ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިނަށް މަބައިދޫއަށް ވަޑައިގެން އެ ރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަށް ގެންދިއުމަށް ސެޕްޓެންބަރު ނުވަނަ ދުވަހުގެ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށެވެ.

ރާއްޖެ މިހާރު އޮތީ ކަންބޮޑުވާން ޖެހޭ ހިސާބެއްގައި ކަން ފާހަގަ ކުރައްވާ ޑރ. އަމީން ވަނީ ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި އިހްތިރާމް ކުރުމުގެ ރޫހު މިހާރު އެބައޮތްތޯ ސުވާލު ކުރައްވާފައެވެ. ވެރީންނާއި އާންމުންނާއި މެދުގައި އޮންނަން ޖެހޭ ރަނގަޅު ގުޅުމާއި މުއައްސަސާތަކާމެދު އޮންނަން ޖެހޭ ގަދަރާއި އިހްތިރާމް މިއަދު އެބައޮތްތޯ ސުވާލު ކުރެއްވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި ވެރިކަމަށް ބޭފުޅަކު ގެންނަން ގޮތް ނިންމަވާއިރު އެ ބޭފުޅަކީ ގައުމު އެއްބައިވަންތަ ކުރެވޭނެ ބޭފުޅަކަށް ވޭތޯ ބަލަން ޖެހޭ ކަމަށެވެ. އެފަދަ ބޭފުޅަކަށް ރިޔާސީ ރޭހުން ފެންނަން ހުރީ ގާސިމް ކަމުގައި ވިދާޅުވެ އަމީން ވަނީ ގިނަ މިސާލުތަކެއް ދައްކަވާފައެވެ.

އަމީން އިބްރާހިމް ލ އަތޮޅުގައި ވާހަކަފުޅު ދައްކަވަނީ: މިރޭ މައިބައިދޫއަށް ވަނީ ވަޑައިގެންފައި

ގާސިމަކީ އެމަނިކުފާނާމެދު އެންމެ ދުޝްމަންކަން ދައްކަވާ ބޭފުޅުންވެސް ކައިރި ކުރައްވާ ގައުމުގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ ކަމެއް މިހާތަނަށް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ތައުލީމާއި ގާބިލް ކަމަށް ބައްލަވާ ކޮންމެ ރައްޔިތަކަށް ވެސް މަގާމުތައް ހޯއްދަވައި ދެއްވާ އެކަމަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

"މުޖްތަމައުގައި މި އޮތް ބައިބައިވުން ނައްތާލާ މުޖްތަމައުގައި މި އޮތް ފިތުނަ ފަސާދަ ނައްތާލާ މުޖްތަމައުގައި މި އޮތް ބަދަލު ހިފުމުގެ ރޫހް އެއް ފަރާތްކޮށްލާ މިކަން ކުރެވޭނެ ލީޑަރެއް ގައުމުގެ ވެރިއަކަށް ގެންނަން ބޭނުން ވެގެން މި އުޅެނީ. ކޮބައިތޯ އެ ލީޑަރަކީ. އެ ބޭފުޅެއްގެ ޝަހުސިއްޔަތުގައި އެފަދަ ކަންކަން ފެނިގެން ދަނީ ކޮން ބޭފުޅެއްގެތޯ. އެއްވެސް ޝައްކެތް ނެތް އަޅުގަނޑުމެންގެ ލީޑަރު ގާސިމް އިބްރާހިމަކީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތްޕުޅަށް ބަލާއިރުވެސް އެމަނިކުފާނާ އެންމެ ދުޝްމަނު ކަމަށް އަޅުގަނޑުމެންނަށް ފެންނަ މީހާވެސް އެންމެ ކައިރިކޮށްގެން ގެންގުޅުއްވާ ބޭފުޅެއްް،"

ޑރ. އަމީން ވިދާޅުވި ގޮތުގައި ގައުމު ހަމަ މަގަށް އަޅުއްވައިދެއްވާނެ ބޭފުޅަކު ގާސިމް ފިޔަވާ ރިޔާސީ ރޭހަކުން މިއަދު ފެނިވަޑައިނުގަންނަވައެވެ. އެހެން ކަމުން އެމަނިކުފާނު އިންތިހާބުކޮށް ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގެ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.