ސްޓާލިންކް ފަށަން ލައިންސް ދިން ކުންފުނީގެ މައުލޫމާތެއް އިކޮނޮމިކް މިނިސްޓްރީގެ ކުންފުނި ޑައިރެކްޓަރިއަކު އަދި ނެތެވެ.
ބިލިއަނަރު އަދި ސްޕޭސް އެކްސް އަދި ޓުވިޓަރުގެ ބާނީ މަސްކްގެ އިންޓަނެޓު ކުންފުނި ސްޕޭސް އެކްސްގެ އިންޓަނެޓުގެ ހިދުމަތް ފަށަން އިއްޔެ ވަނީ ރާއްޖެ އަށް ހުއްދަ ދީފަ އެވެ. މި ހުއްދަ ދީފައިވަނީ މި ހިދުމަތް ފަށަން ރާއްޖޭގައި ކުންފުންޏެއް އުފައްދައިފި އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފަށަން ހުއްދަ ދީފައިވަނީ ސްޓާލިކްސް ސާވިސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއް މި ކުންފުންޏަށް ދިން ލައިންސްއާ ސަރުކާރުގެ ފަރާތުން ހަވާލުވީ ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ބިލިއަނަރު އެލޮންމަސްގެ ސްޓާލިންކް ކުންފުނީގެ ފަރާތުން ހުއްދައިގެ ލިޔުން އެރުވީ ސްޕޭސް އެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓްއާ އެވެ. މިއީ ސާކު ސަރަހައްދުގެ ގައުމަކުން މި ލައިންސް ލިބުނު ފުރަތަމަ ގައުމެވެ.
މި ހިދުމަތް ރާއްޖޭގައި ފަށާނެ ސީދާ ތާރީހެއް ސަރުކާރުން އިއުލާނުކޮށްފައެއް ނުވެ އެވެ. އަދި ސަރުކާރުން މި ހިދުމަތް ދޭން ލައިސަންސް ދީފައިވާ ސްޓާލިކްސް ސާވިސް މޯލްޑިވްސް މައުލޫމާތެއް އިކޮނޮމިކް މިނިސްޓްރީގެ ކުންފުނި ޑައިރެކްޓްރީއަށް މިހާތަނަށް އަޕްޑޭޓްކޮށްފައެއް ނުވެ އެވެ. އެހެންވެ މި ކުންފުންޏަކީ ސަރުކާރު ކުންފުންޏެއް ތޯ ނުވަތަ އަމިއްލަ ޕްރައިވެޓް ކުންފުންޏެއްތޯ އެނގޭނެ ގޮތެއް ނެތެވެ. އަދި އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި މި ވިޔަފާރި ރާއްޖޭގައި ފަށާ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކޮންބައެއް ކަމެއްވެސް އެނގޭކަން ނެތެވެ. އަދި މި ހިދުމަތް ހޯދަން ލައިސަންސްގެ ގޮތުގައި ސަރުކާރުން އެއްވެސް ފައިސާއެއް ދިން ކަމެއް ވެސް ނޭނގެ އެވެ.
ސްޕޭސް އެކްސްއަށް ހިދުމަތް އިންޓަނެޓު ދޭން ލައިންސަސް ދިނުމާއެކު މިއީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދޭން ލައިންސް ދޭ ހަތަރު ވަނަ ކުންފުންޏެވެ. މި ހިދުމަތާއެކު އިންޓަނެޓުގެ ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.