ޔުމްނާ މިހާރު ހުންނެވީ އެމްއާރްްއެމްގައެވެ. އެމްއާރްްއެމްގެ ރައީސް ފާރިސް މައުމޫން އިންތިހާބަށް ނިކުންނަވައެވެ. ޔުމްނާ ވަނީ އެމްއާރްއެމްގެ ތައީދު ރައީސަށް ހޯއްދަވަން ވަރަށް މަސައްކަތް ކުރައްވާފައެެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް މިނިސްޓަރު ޔުމްނާ މައުމޫން ނިންމަވައިފި އެވެ.
ޔުމްނާ ވަނީ ޓްވީޓްތަކެއް ކުރައްވާ މިރޭ އެ ނިންމުން ހާމަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިޔަށް ގެންދިޔުން މުހިންމު ކަމަށާ އެ މަނިކުފާނުގެ ސިޔާސަތުތަކަށާއި މެނިފެސްޓޯއަށް ތާއީދު ކުރެވޭ ކަމަށެވެ.
"އެ ގޮތުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވައި ސަގާފީ އަދި ގުދްރަތީ ތަރިކަ ރައްކާތެރިކޮށް ރަށު އަދި ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމުގެ ސިޔާސަތަށް ތާއީދު ކުރެވޭ،" އާ މިނިސްޓްރީ އެއް އުފައްދަވާ ޔުމްނާއަށް މިނިސްޓަރުކަން ލިބިވަޑައިގެން ސަރުކާރު ދެމެހެއްޓުން މުހިންމު ކަން ފާހަގަ ކުރައްވާ އޭނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދި ވިދާޅުވީ އިލްމީ ހުނަރުވެރި ފަންނުވެރި ޒުވާނުން ބިނާ ކުރުމަށާއި ފަންނާނުންނަށް ފުރުސަތުތައް ފަހިކޮށްދީ ފަންނުވެރީންގެ ވިޔަފާރި ފުޅާކޮށްދީ އުފެއްދިންތެރި އިގްތިސާދެއް ބިނާކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާއި މިންތީގެ ހަމަަހަމަކަން ގާއިމު ކުރުމާއި އިސްރަަށްވެހީންނާއި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް ބައިވެރިކުރުމުގެ ސިޔާސަތުތައް ފާހަގަ ކޮށްލެވޭ ކަމަށެވެ.
ޔުމްނާ މިހާރު ހުންނެވީ އެމްއާރްްއެމްގައެވެ. އެމްއާރްްއެމްގެ ރައީސް ފާރިސް މައުމޫން އިންތިހާބަށް ނިކުންނަވައެވެ. ޔުމްނާ ވަނީ އެމްއާރްއެމްގެ ތައީދު ރައީސަށް ހޯއްދަވަން ވަރަށް މަސައްކަތް ކުރައްވާފައެެވެ. އެކަން ކާމިޔާބު ނުވުމުން ސަރުކާރުގެ މަގާމުތަކުގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ތިބި އެތައް ބަޔަކު އެ ޕާޓީން ވަކިވި އެވެ.
ޔުމްނާގެ ސިސްޓަރ ބުނި ފޮޅާ ސާފް ކުރުމުގެ މަގާމަށްވެސް ރައީސް އިބްރާހިމް ސޯލިހް ޝަރުތު ހަމަ ނުވެޔެ. މިހާރު އިބޫ ވަރެއްނެތް ދޯ. ލަދު