ގައްބަރޭ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ރުޅިގަނޑުގެ ތެރޭގައި ގުޅައިގެން ހުރި މީހާއަށް ނިސްބަތްކޮށްފައި ވަނީ ގައްބަރޭގެ ނަމުން ކަމަށެވެ.

އިބްރާހީމް އަބްދުﷲ (ގައްބަރޭ)

ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތު އޮތް މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު މެންބަރު ޒަރީރު ހޮޓަލެއްގައި އިންނަވަނިކޮށް އިތުރު ބަޔަކާއެކު ގޮސް، މަރުތޭލަކުން އޭނާއަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ އެންމެ ފުރަތަމަ ހައްޔަރު ކުރީ އޭނާ ހޯދަން އިއުލާނު ކުރުމުން އަމިއްލައަށް ގޮސް ފުލުހާ ހަވާލުވުމުންނެވެ. 

އޭނާ ބަންދުގައި ހުއްޓާ ކޯޓުން ދޫކޮށްލާފައި ވަނީ ޝަރުތުކޮށްފަ އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އޭނާ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އޭނާ ބަންދުކޮށްދޭން ހުށަހެޅުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

ހައިކޯޓުގެ އަމުރާ ގުޅިގެން އޭނާ ހައްޔަރުކޮށް އިއްޔެ ވަނީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ކޯޓުން އޭނާ ބަންދުކޮށްފައި ވަނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެންނެވެ.

އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުގައި، އަދި ހަމަލާގެ ކުޑައިރުކޮޅެއް ކުރިން ޒަރީރު މީހަކާ ރުޅިވެރިކަމާއެކު ފޯނުން ވާހަކަ ދެއްކި ކަމަށްވެ އެވެ. ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ރުޅިގަނޑުގެ ތެރޭގައި ގުޅައިގެން ހުރި މީހާއަށް ނިސްބަތްކޮށްފައި ވަނީ ގައްބަރޭގެ ނަމުން ކަމަށެވެ.

އަދި ޒަރީރު އިން ހަބީބީ ކެފޭއަށް ގައްބަރޭ ވަންނަކަން ސީސީޓީވީ ފުޓޭޖްތަކުން އެނގެ އެވެ. އަދި އެހެން ސަރަހައްދުތަކުން ވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ އެހެން މީހުންނާއެކު އޭނާ ސައިކަލުގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

މައްސަލައިގެ ހުލާސާ - މެންބަރު ޒަރީރަށް ހަމަލާދިން ރޭ، އޭނާ އިންނެވި ހޮޓަލަށް ވަނުމަށް ފަހު، ގައްބަރޭ އެންމެ ފުރަތަމަ ހަމަލާ ދިނީ އަތުންނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.

ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އެ ދުވަސްވަރު ފުލުހުން ވަނީ އޭނާ ނުރައްކާތެރި ކުށްވެރިންގެ ލިސްޓަކަށް ވެސް ލައިފައެވެ.    

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.