ޔުމްނާގެ އެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ޔާމީންގެ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާއިރު ޔުމްނާގެ ބައްޕާފުޅު ގެ ވެރިކަމުގައި ލިބުނު އަނިޔާގެ ވާހަކަ ދައްކަން މާ ރަނގަޅުވާނެ ކަމަށް ބުނެ ބައެއް މީހުން ކޮމެންޓް ކޮށްފައިވެއެވެ
އަނިޔާވެރިކަން ނިމިއްޖެެ ކަމަށް ވިދާޅުވެ ދެން އަނބުރާ އެ ދުވަސްތަކަށް އަނބުރާ ނުދެވޭނެ ކަމަށް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއް ގައެވެ. ޔުމްނާގެ ބޮޑުބޭބޭފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކި ސަބަބުތަކާއި ގުޅިގެން ޖަލަށްލީ މީހުންނާއި އަރުވާލެވިގެން ބޭރުގައި ތިބެން ޖެހުނު މީހުންގެ ފޮޓޯތައް ހިމަނާ ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ހަދާފައިވާ ޕޯސްޓަރަކާއެކު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަން ނިމިއްޖެެ ކަމަށާ ދެން އަނބުރާ ނުދެވޭނެ ކަމަށެވެ.
ޔުމްނާގެ އެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ޔާމީންގެ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާއިރު ޔުމްނާގެ ބައްޕާފުޅު ގެ ވެރިކަމުގައި ލިބުނު އަނިޔާގެ ވާހަކަ ދައްކަން މާ ރަނގަޅުވާނެ ކަމަށް ބުނެ ބައެއް މީހުން ކޮމެންޓް ކޮށްފައިވެއެވެ. އަނެއް ބަޔަކު ވަނީ ޔުމްނާއަކީ މަގާމަށްޓަކައި އުޅުއްވާ ބޭފުޅެއް ކަމަށް ބުނެފައެވެ. ފަސް އަހަރު މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރެއްވުނީ ކޮން ކަމެއްތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެެއެވެ.
ޔާމީންގެ ވެރިކަމުގައި ޔުމްނާ އަކީ ސްޓޭޓް މިނިސްޓަރެކެވެ. ފަހުން އިސްތިއުފާ ދެއްވީ އެވެ. ޔާމީންގެ ވެރިިިކަމުގައި ޔުމްނާގެ ފިރިކަލުން ނަދީމްއާ ބައްޕާފުޅު ރައީސް މައުމޫނާއި ކޮއްކޯފުޅު ފާރިސް ޖަލުގައި ހުންނަވަން ޖެހިވަޑަައިގަތެވެ.
ޔުމްނާ މިހާރު ހުންނެވީ އެމްއާރްްއެމްގައެވެ. އެމްއާރްްއެމްގެ ރައީސް ފާރިސް މައުމޫން އިންތިހާބަށް ނިކުންނަވައެވެ. ނަމަވެސް ޔުމްނާ ހުންނެވި ގޮތެއް ސާފުކޮށެއް ނުދެއްވައެވެ. ޔުމްނާ ވަނީ އެމްއާރްއެމްގެ ތައީދު ރައީސަށް ހޯއްދަވަން ވަރަށް މަސައްކަތް ކުރައްވާފައެެވެ. އެކަން ކާމިޔާބު ނުވުމުން ސަރުކާރުގެ މަގާމުތަކުގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ތިބި އެތައް ބަޔަކު އެ ޕާޓީން ވަކިވި އެވެ.
ކަލޭ ތިޔަ ---