"ރޮމެންސް ސްކޭމް" ތަކަށް ސަމާލުވާން ފުލުހުން އެދެފި

ސްކޭމަރުންނާއި ގުޅުން ބަދަހިވާ ވަރަކަށް ހިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށް މަސައްކަތް ކުރެއެވެ.

ލޯބީގެ ނުވަތަ "ރޮމޭންސް ސްކޭމް" ތަކުން ރައްކާތެރި ސަމާލު ވާން ފުލުހުން އެދެފި އެވެ. 

ފުލުސް އިދާރާއިން މިއަދު ބުނީ ފަހަކަށް އައިސް ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅެމުން ދިއުން ގިނަވެފައިވާ ކަމަށެވެ.

ފުލުސް އިދާރާއިން ބުނީ މަކަރާއި ހީލަތުން މީހުންގެ އިހުސާސްތަކާ ކުޅެ، އޮޅުވައިލައިގެން މާލީ މަންފާ ހޯދަން ހިންގާ މި ސްކޭމް އާންމުގޮތެއްގައި ފެށެނީ ޑޭޓިން ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިއާ އާއި އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށް އެކަކު އަނެކަކާ ބައްދަލު ވެގެން ކަމަށެވެ. އެ ކުށްކުރާ މީހުން ފޭކް ޕްރޮފައިލް އާއި ދޮގު އައިޑެންޓިޓީތަކެއް އުފައްދައި، މީހުނަށް އެއީ ހަގީގީ ބައެއްގެ ގޮތުގައި ދައްކާ ކަމަށެވެ. 

މީހުނާއި އިތުބާރު އުފެއްދުން

އެފަދަ ފަރާތްތަކުން މީހުންގެ އިތުބާރު ހޯދުމަށް މީހާގެ ސިކުނޑިއާ ޖަޒުބާތީ ގޮތުން ކުޅެ، ލޯބީގެ ބަސްތައް ބޭނުން ކުރެ އެވެ. އަދި ލޯބިވާ މީހަކު ގެއްލިފައިވާ ނުވަތަ އެކަނިވެރި، އެކުވެރިކަން ހޯދަން އުޅޭ މީހުންނަށް އަމާޒުކޮށް އެމީހާގެ ހުންނަ ބަލިކަށި އަދި ނާޒުކު ސިފަ ދެނެގަނެ އެވެ. 

ގުޅުން ބަދަހިކޮށް ފޭކް އެމަޖެންސީތައް ބޭނުންކުރުން

ސްކޭމަރުންނާއި ގުޅުން ބަދަހިވާ ވަރަކަށް ހިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށް މަސައްކަތް ކުރެއެވެ. ފައިސާ ހޯދުމަށް ފޭކް އެމަޖެންސީތައް ބޭނުން ކުރެއެވެ. މީގެ ތެރޭގައި މެޑިކަލް އިމަޖެންސީ އާއި މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދަ އެވެ. 

ފައިސާއަށް އެދި، ވަކި ހިސާބަކުން ގެއްލުން

ފޭކް އިމަޖެންސީތައް ހައްލު ކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލު ކުރަން ރޭވުމުގެ ނަމުގައި ދަތުރުފަތުރުގެ ހަރަދާއި ހީވެސް ނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާ ކަމަށް ބުނެއެވެ. އަދި ފައިސާ ނެގުމަށްފަހު ސްކޭމަރުން އެ މީހާއާއި ވާހަކަ ދެއްކުން ހުއްޓާލާ ގުޅުން ކަނޑާލައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.