މި ވަރަށް އާދޭސް ދަންނަވާއިރު ޓެސްޓް ކޮށްލުން ކީއްތޯ: ގާސިމް

"ތިބޭފުޅުން ޓެސްޓް ކޮށްލައްވަން ވެސް އެންމެ ރަނގަޅު ނޫންތޯއޭ އަޅުގަނޑު މި އަނގަތަޅަމުންދާއިރު، ކޮންމެ ފަަހަރަކު ވެސް އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުންދާއިރު ކީއްވެގެންތޯއޭ އެއް ފަހަރުވެސް އަޅުގަނޑަށް ފުރުސަތު ނުދެއްވަންވީ،"

މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވަން ކުރައްވާ މަސައްކަތްފުޅަކީ ރައްޔިތުން ތަނަވަސް ކޮށްދެއްވުމުގެ އުންމީދުގައި ކުރައްވާ މަސައްކަތްޕުޅެއް ކަމަށާ އެހެން ކަމުން އެ ފުރުސަތު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު / ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާދޭހާއެކު މިރޭ އެދިވަޑައިގެންފި އެވެ.

"ދަރުމަވެރީންނާއި ކުޅުންތެރީންނާއި އޮފިޝަލުންނާއި ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި ސަޕޯޓަރުންގެ ހައްލަކީ ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް" މި ނަމުގައި މިރޭ ހެޓޮލް ޖެން ގައި ބޭއްވި އިވެންޓެއްގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޮޑު ޕާޓީ ކުޑަ ޕާޓީ ނުބަލާ ރަނގަޅު ކެންޑިޑޭޓަކު އިހްތިޔާރު ކުރެއްވުން ކަމަށެވެ. އެ ގޮތުން މާޒީގައި ކަން ހިނގާފައިވާ ގޮތް ބެލުމުން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅުގެ ފަހަތުގައި އޮތީ އެންމެ އެދުންފުޅެކެވެ. އެއީ އެމަނިކުފާނެކޭ އެއްފަދައިން ރައްޔިތުން ތަނަވަސް ކޮށްދެއްވުން ކަމަށް ވިދާޅުވި އެވެ. އެކަން ކުރައްވާނެ ގޮތާއި ތަޖުރިބާ އެމަނިކުފާނު ކިބައިގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން ގާސިމް އެދިވަޑައިގަތީ އެންމެ ފަހަރަކު ނަމަވެސް އެމަނިކުފާނު ޓެސްޓް ކޮށްލެއްވުމަށެވެ.

"ތިބޭފުޅުން ޓެސްޓް ކޮށްލައްވަން ވެސް އެންމެ ރަނގަޅު ނޫންތޯއޭ އަޅުގަނޑު މި އަނގަތަޅަމުންދާއިރު، ކޮންމެ ފަަހަރަކު ވެސް ކުރިމަތިލެވޭނެ ޗާންސް އޮތިއްޔާ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުންދާއިރު ކީއްވެގެންތޯއޭ އެއް ފަހަރުވެސް އަޅުގަނޑަށް ފުރުސަތު ނުދެއްވަންވީ،"

ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ދައުލަތުގެ ބޮޑު ލާރިއެއްގައި ވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. ރައްޔިތުންނަށް އިހުލާސްތެރި އަމާނާތްތެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. އެކަން މާޒީވެސް ފެނިފައިވާނެ ކަމަށް ވިދާޅުވެ މިސާލު ވެސް ދެއްކެވި އެވެ. ވިދާޅުވީ އަތުގައި ކިތަންމެ ލާރިއެއް ޖެހިވަޑައިގަންނަވާނެ ކިތަންމެ މަގާމެއް ފުރުއްވާފައިވެސް ވާނެ ކަމަށެވެ. އެ ގޮތުން މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރުކަމާއި އައިއެމްއެފާއި ވޯލްޑްބޭންކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަން ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ދައުލަތުގެ ފައިސާ އިން ބޮޑު ލާރިއެއްގައި ވެސް ނުޖެހޭނަން. ބައި ސެންޓް ވެސް ނޯންނާނެ ވިލާ ތިޖޫރިއަށް ވަދެފައިވެސް ދައުލަތުގެ ފައިސާ އިން،"

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ބޮޑު ބައިވެރިވުމެއް އޮވެގެން އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ހޯއްދަވައި ދެއްވި ކަމަށެވެ. އަދި ޕީޕީއެމަށް ވެސް އެއް ފަހަރު ވެރިކަން ހޯއްދަވައި ދެއްވި ކަމަށެވެ. މިއީ އެމަނިިކުފާނަށް ފުރުސަތު ދެއްވަން ރަނގަޅު ފަހަރެއް ނޫންތޯ ސުވާލު ކުރެއްވި އެވެ.

ކޮމެންޓް

6
450
ނަހުލާ
1 year ago

ޓެސްޓް ކޮށް ނިމިއްޖެޔޭ ޢިސްކަންދަރު ސްކޫލުގެ ޕޭރެންޓުން އަދި ޓީޗަރުން ކައިރިން އަހާބަލަ، ޤާސިމްގެ ދަރި ހުންނާތީ ދަށް ގްރޭޑް އަކަސް ހެދުނު ސެޝަން އަށް ލާފަ އިންނަނީ، މިއަހަރު ގްރޭޑް 4 ގެ ހެނދުނު ސެޝަނަށް ލާފަ ގްރޭޑް 6 މެންދުރު ފަހު ސެޝަންށް ލާފަ އިނީ މީނަ ދަރި 4 ގަ އުޅެތީ، ކޮން ފަދަ ނޮހޮރުއްޕާނެއްތަ؟ ޕްރައިވެޓް ސްކޫލަކަށް ލާންވީނު

ލަތީބެ
1 year ago

މިބޭމީ ހިއްނުފުރޭ ބެޔެއް... ކީއްކުރާނީ

މޮޔަ މީހާ
1 year ago

ގައުމަކީ ޓެސްޓް ކިޓެއްތަ؟ އިރު އިރުކޮޅުން ޓެސްޓް ކުރަން

އާޒިމްބެ
1 year ago

ދެރަ ނުވޭ ޒުވާނާ! ނަސީބުގައި ދެއްވަން ހުރި އެއްޗެއް ދެއްވާނެ. ބީ ފެއިތްފުލް

ޕީ ސީ
1 year ago

ތަންކޮޅެއް ބޮޑުވަރު ދޯ . އެވަރަށް ސަލާން ޖަހަންވާނެތަ

ދދދދ
1 year ago

ކިތައްމެ އަނގައެއް ތެޅިޔަސް ކިތައްމެ އާދޭހެއް ކުރިޔަސް ﷲ ގެ އިރާފުޅުން އެކަމެއް ވާން ނެތިއްޔާ ކީއްބާ ކުރާނީ . ނެތްކަމެއް ތަޤްދީރުގައި ވާކަށް ނުވެސް އޮންނާނެޔޭ އެއްކަމެއްވެސް ނުހިގަޔޭ ތަދުބީރުކުރި ޕްލޭނަކުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.