ޝިއާއުގެ މަރު: ސާހިލްގެ ވަކީލް ތަނާޒުލްވެއްޖެ

އެހެންކަމުން އަންނަ ހަފްތާ ވަކީލަކު ހަމަޖެހޭނެ ކަމަށް ޕީޖީ އޮފީހާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުންޏެވެ. ވަކީލަކު ހަމަޖެހުމުން ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން ކަމަށް ވެސް ބުންޏެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތު އޮތް ސާހިލް: އޭނާގެ ވަކީލް ވަނީ މައްސަލައިން ތަނާޒުލްވެފައި --

ހ. ޝީރީންވިލާގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ނިލަންދޫ، ފިނިފެންމާގެ، ސާހިލް އަލީއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު މައްސަލައިން ތަނާޒުލްވެއްޖެ އެވެ.

ސާހިލްގެ މައްޗަށް މި މައްސަލައިގައި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާގެ ތަފްސީލް ވަނީ ސިއްރުކޮށްފަ އެވެ.

ސިއްރުކޮށްގެން ސާހިލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހު ސާހިލްއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު ތަނާޒުލްވެފައިވާ ކަމަށެވެ.

ސާހިލް މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު އެވެ. އެހެންވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާއަށް ވަކީލަކު ހަމަޖައްސައިދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ. އޭޖީ އޮފީހާ ހަވާލާދީ ޕީޖީ އޮފީހުން ބުނެފައި ވަނީ ސާހިލްއަށް ވަކީލަކު ހަމަޖައްސައިދޭން އަދި ފަސް ވަރަކަށް ދުވަސް ވާނެ ކަމަށެވެ.

އެހެންކަމުން އަންނަ ހަފްތާ ވަކީލަކު ހަމަޖެހޭނެ ކަމަށް ޕީޖީ އޮފީހާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުންޏެވެ. ވަކީލަކު ހަމަޖެހުމުން ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން ކަމަށް ވެސް ބުންޏެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ މީހާގެ މާލީ ތަނަވަސްކަން ނެތްނަމަ، ދައުލަތުން އެމީހަކަށް ވަކީލަކު ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ޝިއާއުގެ މަރުގެ ތަފްސީލް - ޝިއާއުގެ މަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ފެނުނު އެންމެ އަނިޔާވެރި މަރެވެ. ސާހިލް ހައްޔަރުކުރީ ބޮލާއި ހަތަރެސްފައި ބުރިކޮށްލުމަށްފަހު ޝިއާއު މަރާލާފައި އޮއްވާ ފެނުނު ކްރައިމް ސީން އިންނެވެ. ނަމަވެސް މިހާތަނަށް އޭނާ ކުށަށް އިއުތިރާފްވެފައެއް ނުވެ އެވެ.

ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި މައްސަލައިގައި ޝިއާއު މަރާލުމުގެ "މޯޓިވް" އަކީ ކޮބައިކަން ދެނެގަންނަން ފުލުހުން ތަހުގީގު ދިގުދަންމާލައިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.