ރާއްޖޭގެ ބައެއް ރަށްރަށާއި ވެރިރަށަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އުދަ އަރާފަ އެވެ. މާލެއަށް އެރި އުދާގައި މީހުނާއި ތަކެއްޗަށް ގެއްލުންތައް ވެސް ވެފައި ވެއެވެ.
މިއަދު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށް ބުނެފި އެވެ.
މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށްފައި ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގަ އެވެ. މިއަދު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ރާޅުގެ އުސްމިން އަށް ފޫޓަށް އުފުލިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް ލަފާ ކޮށްފައި ވެއެވެ.
އެހެން ނަމަވެސް އެ އިދާރާއިން ބުނެފައި ވަނީ ރާއްޖޭގެ މޫސުން އާއްމު ގޮތެއްގައި މިއަދު ރަނގަޅުވާނެ ކަމަށާއި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލަށް ވައިޖެހޭނެ އިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ރަށްރަށާއި ވެރިރަށަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އުދަ އަރާފަ އެވެ.