ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްގެ 27 ވަނަ ބެޗް އިންޑިއާއަށް

ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސީއެސްސީން އެދޭ ގޮތަށެވެ. އެންސީޖީޖީން ވައުދުވެފައި ވަނީ ފަސް އަހަރު ތެރޭގައި 1000 ސިވިލް ސާވަންޓުން ތަމްރީނު ކޮށްދޭށެވެ.

އިންޑިއާއިން ރާއްޖެއަށް ހިންގައިދޭ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްގެ ތެރެއިން ފީލްޑް އެޑްމިނިސްޓްރޭޝަންގެ 27 ވަނަ ބެޗްގައި ބައިވެރިވުމަށް ސިވިލް ސާވަންޓުންގެ ވަފުދެއް އިންޑިއާއަށް ހިނގައްޖެ އެވެ.

ހޮނިހިރު ދުވަހު ފުރި ބެޗްގެ ބައިވެރިން 14 އިން 25 އޮގަސްޓާ ހަމައަށް ތަމްރީނާ ތަޖުރިބާ ހޯދާނެ އެވެ. 

އެންސީޖީޖީ މުސޯރީ އަދި ނިއުދިއްލީގައި ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދެ ހަފްތާގެ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ. މިއީ ރާއްޖެ އާއި އެންސީޖީޖީ އާއި ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ފަހަރުގެ ބެޗާއެކު މި އެމްއޯޔޫގެ ދަށުން ތަމްރީނު ލިބުނު ދިވެހިންގެ ޖުމްލަ އަދަދަކީ 830 އެވެ.

ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސީއެސްސީން އެދޭ ގޮތަށެވެ. އެންސީޖީޖީން ވައުދުވެފައި ވަނީ ފަސް އަހަރު ތެރޭގައި 1000 ސިވިލް ސާވަންޓުން ތަމްރީނު ކޮށްދޭށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.