ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ: ރައީސް

ރައީސް ވިދާޅުވި ގޮތުގައި 800 އަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވައި 20،000 އަށް ވުރެ ގިނަ ވަޒީފާ ޒުވާނުންނަށް އުފައްދައި ދެވިފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ ހިންގާ ތަރައްގީ ކުރަން ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނ. ލަންދޫއަށް ވަޑައިގެން އެ ރަށުގައި ކެމްޕޭން ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންނަކީ މާދަމާގެ ރާއްޖޭގެ ވެރިން ކަމަށް ގަބޫލުކުރާ އިރު ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ބަސް ބުނުމުގައި ޒުވާނުންނަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ މި ނިމޭ ފަސް އަހަރުގެ ދައުރުގައި ޒުވާނުން ބާރުވެރި ކުރުވައި ވަޒީފާއަށް އަހުލުވެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި 800 އަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވައި 20،000 އަށް ވުރެ ގިނަ ވަޒީފާ ޒުވާނުންނަށް އުފައްދައި ދެވިފައިވާ ކަމަށެވެ. 

އެ ގޮތުން ތައުލީމީ ދާއިރާއަށް ބެލި ނަމަވެސް ކުރިން ހުރި ދަތިތައް ހައްލުކޮށް ދެވިފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 18000 ށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.