މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިސްކަން ދެއްވެވި އެންމެ މުހިން ކަމަކީ ޒުވާނުންގެ ކަންކަން ކަމަށާއި ހޯރަފުށީގެ ޒުވާނުންގެ ކުޅިވަރަށާއި އެހެން ކަންކަމަށް ހޯރަފުށީގައި ގާއިމު ކުރަންޖެހޭ ވަސީލަތްތައް ގާއިމު ކޮށް ދެއްވާނެ ކަމަށެވެ.
މިއަދު ހޯރަފުއްޓަށް ވަޑައިގެން މުއިއްޒު ވިދާާޅުވީ ހޯރަފުއްޓަށް އެންމެ ބޮޑަށް ބޭނުން ވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތާއް ކަމަށާއި ހޯރަފުށީގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް އެރަށަށް ބޭނުންވާ ވަރަށް ބިން އިތުރުކޮށް ދެއްވާނެ ކަމަށެވެ. އަދި ހޯރަފުށީގެ ހޮސްޕިޓަލުގެ ފެންވަރު އިތުރަށް އަޕްގްރޭޑްކޮށް ކުނި މެނޭޖު ކުރެވޭނެ ރަނގަޅު ނިޒާމެއް ވެސް ގާއިމު ކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިސްކަން ދެއްވެވި އެންމެ މުހިން ކަމަކީ ޒުވާނުންގެ ކަންކަން ކަމަށާއި ހޯރަފުށީގެ ޒުވާނުންގެ ކުޅިވަރަށާއި އެހެން ކަންކަމަށް ހޯރަފުށީގައި ގާއިމު ކުރަންޖެހޭ ވަސީލަތްތައް ގާއިމު ކޮށް ދެއްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔައީ ތަރައްގީގެ އާ އުސްމިންތަކަށް ދިޔަ މަންޒަރު ކަމަށާއި އިޖުތިމާއީ ކަންކަން ރަނގަޅުވެގެން ދިޔަތަން ކަމަށާއި އެކަންކަން ރައީސް ޔާމީންގެ ވެރިކަމުގެ ތެރެއިން ދަސްވެވަޑައިގެންފައިވާ ކަމަށާއި ރާއްޖެ ތަރައްގީކޮށް ދެއްވާނީ ރައީސް ޔާމީންގެ އިރުޝާދަށް އެ ގޮތުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.