އެޑްވަޓޯރިއަލް

ގެއެއް ހޯދާނަމަ ލިވިން އެކްސްޕޯއަށް ވަދެލުން ބުއްދިވެރި

ފެއާ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށެވެ. ފެއާގައި ބޯހިޔާވަހިކަމުގެ ގިނަ މައުލޫމާތުތަކެއް ލިބެން ހުރެ އެވެ.

ލިވިން އެކްސްޕޯ ފެއާ ހުޅުވަނީ -- ހައިރައިޒް

ކިއުއާރު ކޯޑަކުން ފަސޭހަކަމާއެކު ފެއާއަށް ވަނުމުގެ ފާސް ލިބޭނެ އެވެ. އެ ކިއުއާރު ކޯޑު ވަންނަ ދޮރުމަތީ ހުންނަ "ހެލްޕް ޑެސްކަށް" ދައްކާލުމުން ފާސް ލިބޭނެ އެވެ. އެއާއެކު ކޮތަޅެއް ދޭނެ އެވެ. މިއީ ރާއްޖޭގެ ރިއަލް އެސްޓޭޓް އަދި ގެދޮރުގެ އެންމެ ގިނަ މައުލޫމާތު ލިބެން ހުރި ފެއާ ލިވިން އެކްސްޕޯގެ ވަނުމުގެ ފާހެވެ. 

ހުޅުމާލެ ސެންޓްރަކް ޕާކުގައި ކުރިއަށްދާ ނުވަ ވަނަ ލިވިން އެކްސްޕޯ ހާއްސަ ވަނީ ގެދޮރާއި ގެއެއް ހޯދަން ބޭނުންވާ މީހުންނަށް ހާއްސަ ފެއާއެއްގެ ގޮތުގަ އެވެ. ލިވިން އެކްސްޕޯ ގެދޮރު ހޯދަން ބޭނުންވާ މީހުންނަށް މުހިންމު ވަނީ ކީއް ވެގެން ހެއްޔެވެ؟ އެތަނުގައި ހުރީ ގެދޮރުގެ ކޮން މައުލޫމާތެއް ހެއްޔެވެ؟ 

މި ފެއާގައި 30 އަށްވުރެ ގިނަ ސްޓޯލް ހުރެ އެވެ. ފެއާއަށް ވަދެގެންދާއިރު ދެ ފަރާތުންވެސް ފެންނާނީ ގެދޮރާއި ގެއެއް ހޯދަން ބޭނުންވާ ގެ އަޅާ މީހުންނަށް ހާއްސަކޮށް ލިބެން ހުރި އުފެއްދުންތަކާ ހިދުމަތްތަކެވެ. މިއީ ފެއާގެ އެއް ސްޓޯލެވެ. މި ތަނުގައި ދުނިޔޭގެ ފެކްޓްރީ ގައުމު -- ޗައިނާގެ ކުންފުންޏަކުން ވެސް މައުލޫމާތު ދެމުން ގެންދެ އެވެ. 

އެ ކުންފުނިން ދެނީ ދިވެހިންނަށް ރީޒަނަބަލް އަގެއްގައި ގެއެއް ހޯދަން ބޭނުންވާނަމަ އެ ފުރުސަތެވެ. މާލޭގައި ފްލެޓެއް ހުއްޓަސް ރަށުގައި ހޮލިޑޭ ހޯމެއް ހަދައިލުން މިއީ ހަމަ އެންމެ ރަނގަޅު ގޮތެކެވެ. އެގޮތަށް ހިޔާރުކުރާނަމަ ގާތްގަނޑަކަށް 11،000 ޑޮލަރަށް ތިން ކޮޓަރީގެ ޕްރީފެބް މެޓީރިއަލްގެ ގެއެއްގެ އޮޕްޝަން އެ ކުންފުނިންދެ އެވެ. މިއަށްވުރެ ގެ ބޮޑުކޮށް ހަދަން ބޭނުންނަމަ އެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި އެތަނަށް ދިއުމުގެ އެމީހުން މިގެ އަޅަން ބޭނުންކުރާނެ މެޓީރިއަލްއާއި މި ނޫންވެސް މައުލޫމާތު ދޭނެ އެވެ. 

ލިވިން އެކްސްޕޯގައި އޮތީ ހަމައެކަނި ޕްރީފެބް ހައުސިންއެއް ނޫނެވެ. މިތަނުގައި ރިއަލް އެސްޓޭޓް ބޮޑެތި ކުންފުނިތަކުން އެބަ ތިއްބެވެ. އެމީހުންގެ އަތުގައި މިހާރު ފެށިފައިވާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު އެބަހުއްޓެވެ. ފައިނޭންޝަލް އޮޕްޝަނެއް ބަލާނަމަ އެ ފުރުސަތު ދޭން ބީއެމްއެލް އިސްލާމިކް އަދި ސީބީއެމް ފަދަ ބޭންކްތައް ފެއާގައި ބައިވެރިވެއެވެ. އަދި އަމިއްލައަށް ގެއެއް ހަދަން ބޭނުންނަމަ އެކަމަށް އެންމެ ބޭނުންވާނެ ރީތި މެޓީރިއަލްވެސް މި ފެއާގައި ލިބެން ހުރެ އެވެ. 

މި ހުރިހާ ފުރުސަތުތަކާއެކު ލިވިން އެކްސްޕޯޓް އޮތީ ފުރިފަ އެވެ. އިވެންޓް އިންތިޒާމުކުރަން މަޝްރޫއު ހައިރައިޒް އިން ކުރިއަށް ގެންދާ ފެއާ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ފެއާ ހުޅުވިފައި ހުންނާނީ މެންދުރު ފަހު 3:00 އިން ރޭގަނޑު 11:00 އަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.