މޯލްޑިވްސް ލިވިން އެކްސްޕޯ މިއަދު ފަށަނީ

ލިވިން އެކްސްޕޯޓް ފަށާނީ މިއަދު 3:00 ގަ އެވެ. އޮންނާނީ ސެންޓްރަލް ޕާކުގަ އެވެ. ހައިރައިޒް އިން މި ފެއާ އިންތިޒާމު ކުރަމުން ގެންދާތާ މިއީ ނުވަ ވަނަ އަހަރެވެ.

މާލޭގެ މަގެއްގެ މަތީ ހަރުކޮށްފައި ހުރި މި އަހަރުގެ ލިވިން އެކްސްޕޯގެ އިސްތިހާރެއް

ގެއެއް އަޅަން ބޭނުންވާ ހުރިހާ މައުލޫމާތަކާއި ގެދޮރަށް ބޭނުންވާ ގިނަ ސާމާނު ފެނިގެން ދާނެ އެންމެ ބޮޑު ފެއާ މޯލްޑިވްސް ލިވިން އެކްސްޕޯޓް 2023 މިއަދު ފަށާނެ އެވެ. 

ހައިރައިޒް އިން އިންތިޒާމު ކޮށްގެން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ލިވިން އެކްސްޕޯޓް ހުޅުވާނީ މިއަދު މެންދުރު ފަހު 3:00 ޖަހާއިރު އެވެ. މި އަހަރުގެ ފެއާގައި ވެސް ގިނަ މައުލޫމާތުތަކެއް ލިބެން ހުންނާނެ އެވެ. 

ހައިރައިޒް އިން ބުނީ މި އަހަރުގެ ފެއާގައި 37 ސްޓޯލެއް ހުންނައިރު މި ފެއާގައި އެންމެ މުހިންމުކޮށް ފެނިގެން ދާނީ ގެއެއް ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތުތަކެކެވެ. މިގޮތުން ރިއަލް އެސްޓޭޓް ހައުސިން ގިނަ ޕްރޮޖެކްޓްތަކެއްގެ މައުލޫމާތު ފެއާގައި ލިބެން ހުންނާނެ އެވެ. 

ލިވިން އެކްސްޕޯގެ ނުވަ އަހަރު - ހައިރައިޒް އިން މި ފެއާ އިންތިޒާމު ކުރަމުން ގެންދާތާ މިއީ ނުވަ ވަނަ އަހަރެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުން ރިއަލް އެސްޓޭޓް ގިނަ ވިޔަފާރިތަކެއް ބައިވެރި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.