އެގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ފަނޑިޔާރުންގެ މުސާރަ މިހާރަށް ވުރެ 75 ޕަސެންޓް ބޮޑު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ 100 ދުވަސްތެރޭ ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓް ބޮޑު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
ގާސިމްގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުުރުމަށް މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވަނީ ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ ހުރިހާ ރައީސުން ވެވަޑައިގަންނަވާ ވައުދެއް ނަމަވެސް ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ ދަތި ހާލަތެއްގައެވެ. ވަސީލަތާއި ތަމްރީނުގެ ގޮތުން ވެސް ނިކަމެތި ކަމަށް ވިދާާޅުވި އެވެ. އެހެން ކަމުން ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޝަރުއީ ދާއިރާ ފުރިހަމަ މިނިވަން ކަމާއެކު ކުރިއަށް ދިއުމަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ފަނޑިޔާރުންގެ މުސާރަ މިހާރަށް ވުރެ 75 ޕަސެންޓް ބޮޑު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
ގާސިމް ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓަށް ހާއްސަ އިމާރާތެއް ނެތް ގައުމަކީ ކޮބައިތޯ ސުވާލު ކުރައްވާ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމެންވާއިރަށް ކޯޓްތަކަށް ހާއްސަ އިމާރާތް ނިންމަވާލައްްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޝަރުއީ ދާއިރާގެ މުވައްޒިފުން ބޭރަށް ފޮނުވައިގެން ތަމްރީން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މުދިމުންގެ މުސާރަ ވެސް ބޮޑު ކުރައްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ވިދާޅުވި މުދިމުންގެ މުސާރަ 25 ޕަސެންޓް އިތުރު ކުރައްވާނެ އެވެ. އަދި ކޮންމެ މިސްކިތަކަށް ދެ އިމާމުން ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.