ގާސިމްގެ ވާރެއްދޫ ފަރު 350 މިލިއަން ރުފިޔާއަށް އިތާފުށި އޯނަރުން ގަނެފި

ގާސިމް އިބްރާހިމްގެ ކުންފުންޏަށް ލިބުނު ވާރެއްދޫ ވިލާގެ އަތުން އަތުލީ 2015 ވަނަ އަހަރު ފަޅު ދޫކުރި މަގުސަދު ހާސިލް ނުވާ ކަމަށް ބުނެ އެވެ.

ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގެ ދެ އޯނަރުން

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވޮލްޑޯފް އެސްޓޯރިއާ އިތާފުށި އޯނަރުން 350 މިލިއަން ރުފިޔާއަށް ގަނެފި އެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުން މާލެ އަތޮޅު ވޮލްޑޯފް އެސްޓޯރިއާ، އިތާފުއްޓާ ކައިރީގައި އޮންނަ މި ފަޅު ގަތުމަށް ފަހު ޓްރާންސްފާ އެއްބަސްވުމުގައި ވޮލްޑޯފް އެސްޓޯރިއާ އޯނަރުންގެ ފަރާތުން ސޮއިކުރީ މެދުއިރުމަތީގައި ވެސް ރިސޯޓް ތަރައްގީ ކުރައްވާފައިވާ ވޮލްޑޯފްގެ އެއް އޯނަރު ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ. 

ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނި ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް އެވެ. 

އެނގިފައިވާ ގޮތުގައި މި މުއާމަލާތް ނިމި މިހާރު ވަނީ ވިލާގެ އެކައުންޓަށް 350 މިލިއަން ރުފިޔާ ވޮލްޑޯފް އެސްޓޯރިއާގެ އޯނަރުން ޖަމާވެސް ކޮށްފަ އެވެ. 

ގާސިމް އިބްރާހިމް: ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ — ފޮޓޮ: އަވަސް

ގާސިމަށް ލިބިފައި އޮތް ވާރެއްދޫ ފަޅު ވިއްކާލިރު މި ފަޅު ވިއްކާލުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ކުރިން ގާސިމް ތުހުމަތު ކުރައްވާފައި ވެއެވެ. މި ފަޅު ގާސިމް ވިއްކަވާ ލެއްވީ ފަޅު ވިއްކާލުމަށް އޭސީސީ އިން އެންގުމަށް ފަހު އެންގުން ބާތިލް ކުރުމުންނެވެ. 

ވާރެއްދޫ ފަޅު - ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ވާރެއްދޫ ފަރު އަތުލީ ފަޅު ދޫކުރި ބޭނުމާ އެގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ޑިސެމްބަރުގަ އެވެ. އެފަހަރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ. ނަމަވެސް ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

ކޮމެންޓް

1
450
ހާޑީ
1 year ago

ދެން ފެންނާނި ވަރަށް ތަރައްގީ ކޮށްފަ އޮއްވާ ކަމަށް މި ބަލަނީ .

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.