ރިޔާސީ އިންތިހާބު: ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ ހަވީރު

އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ މެންދުރު ފަހު 2:00 އަށް ހަމަވެފައިވާއިރު ފަސް ޕާޓީއަކުން ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ. އަދި އަމިއްލަ ގޮތުން ވެސް ތިން ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށައަޅުއްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށައަޅުއްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑެސީ ސައްހަ ކަމަށް ނިންމާފައިވާ ކެންޑިޑޭޓުންގެ މެދުގައި މާދަމާ ހަވީރު ގުރުނަގާ ނަން ތަރުތީބު ކުރާނެ ކަމަށެވެ. ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުން އޮތީ ހަވީރު 4:30 ގައި އިންތިހާބާ ބެހޭ މަރުކަޒު -- ދަރުބާރުގެ، ރަންނަބަނޑޭރި މާލަމުގައެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ މެންދުރު ފަހު 2:00 އަށް ހަމަވެފައިވާއިރު ފަސް ޕާޓީއަކުން ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ. އަދި އަމިއްލަ ގޮތުން ވެސް ތިން ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ.

ކެންޑިޑޭޓުންގެ ފޯމް ހުށައެޅުއްވުމުގެ ކުރީން ރަނިންމޭޓުން ވެސް ވަނީ އިއުލާނު ކުރައްވާފައެވެ.

  • 1.އިބްރާހިމް މުހައްމަދު ސޯލިހް - މުހައްމަދު އަސްލަމް | އެމްޑީޕީ
  • 2.ގާސިމް އިބްރާހިމް - ޑރ. އަމީން އިބްރާހިމް | ޖުމްހޫރީ ޕާޓީ
  • 3.ޑރ. މުހައްމަދު މުއިއްޒު - ހުސައިން މުހައްމަދު ލަތީފް | ޕީއެންސީ
  • 4.މުހައްމަދު ނާޒިމް | ޑރ. އަހްމަދު އަދީލް ނަސީރު | އެމްއެންޕީ
  • 5.އިލްޔާސް ލަބީބް - ހުސައިން އަމްރު | ދަ ޑިމޮކްރެޓްސް
  • 6.އުމަރު ނަަސީރު - މާޒް އަހްމަދު ސަލީމް | އަމިއްލަ ގޮތުން
  • 7.ފާރިސް މައުމޫން - ޑރ. އަބްދުއްސައްތާރު ޔޫސުފް | އަމިއްލަ ގޮތުން
  • 8.ހަސަން ޒަމީލް - މަރިޔަމް އަލީމް| އަމިއްލަ ގޮތުން

އިންތިހާބުގައި ވާދަކުރައްވަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްްވީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރަނިންމޭޓެއްގެ ގޮތުގައި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިހްތިޔާރު ކުރައްވާ ފޯމް ވެސް ހުށައެޅުއްވި އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް ހުށައެޅުއްވި އެވެ. ނަމަވެސް ކޯޓުން ވެސް ނާކާމިޔާބުވެވަޑައިގަތީ އެވެ.

މާދަމާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާނެ އެވެ. އަދި މަސް ދުވަސް ކެންޑިޑޭޓް ނަންބަރާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ރިޔާސީ އިންތިހާބު އޮތީ ސެޕްޓެންބަރު ނުވަވަނަ ދުވަހު އެވެ.

މި ފަހަރުގެ އިންތިހާބު ވާނީ އެންމެ ވާދަވެރި އެއް އިންތިހާބަށެވެ. މިއީ ގިނަ ޕާޓީތައް ވާދަކުރެވޭ ގޮތަށް ބޭއްވޭ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.