ރާއްޖޭގެ މޫސުން އޮތް ގޮތުން ރާއްޖޭގެ ދެކުނާއި މެދު އަތޮޅުތަކުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެ އެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމާއި އުދައިގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓްގެ މި ލަފާ އާއިރު އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ވެރިރަށް މާލެ އާއި ބައެއް އެހެން ރަށްރަށަށްވެސް އުދަ އެރިއެވެ. އިއްޔެ މާލެ އާއި ހުޅުލެ - ހުޅުމާލެ ބްރިޖާ ގުޅޭ ހައިވޭއަށް ވަރަށް ބޮޑަށް އުދަ އަރާ މީހުނަށް ވެސް ގެއްލުންތައް ވެފައި ވެއެވެ.