ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖެއްސީ މިއަދު އެވެ. ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖެއްސި އިރު ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް އޭނާ ހަމަޖެއްސީ އިއްޔެ އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަލީ ވަހީދު ކަނޑައަޅައިފި އެވެ.
އިންތިހާބުތަކާބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބަށް ކުރިމަތިލެއްވުމުގެ ކުރިން އެ މީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހެ އެވެ.
ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖެއްސީ މިއަދު އެވެ. ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖެއްސި އިރު ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް އޭނާ ހަމަޖެއްސީ އިއްޔެ އެވެ. އަލީ ވަހީދަކީ އޭނާގެ ވަޒީރު ކަމުގައި މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުލަތުން ދައުވާތަކެއް އުފުލި ބޭފުޅެކެވެ.
އެ ދައުވާތައް އޮއްވާ ފުރާވަޑައިގެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައި ވަނިކޮށް ސްޕްރީމް ކޯޓުން މައާފު ދިނުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހު އެވެ.
މީގެ ކުރީން އެމްއެންޕީން އިންތިހާބީ އޭޖެންޓަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ހަމަޖައްސާފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ. ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓަކީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލެވެ.