މުރައިދޫގެ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލު ކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 46.85 މިލިއަން ދިވެހި ރުފިޔާ އެވެ.
ހއ. މުރައިދޫގައި އެމްޑަބްލިޔުއެސްސީއިން ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފި އެވެ.
ހއ. މުރައިދޫ ފެނުގެ ނިޒާމް އިއްޔެ އިފްތިތާހު ކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި މަޝްރޫޢުގެ ދަށުން، މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން، ފެން އުފެއްދުމަށް ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާ ކުރުމަށްޓަކައި ފެންތާނގީ ބަހައްޓައި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފަ އެވެ
މުރައިދޫގެ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލު ކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 46.85 މިލިއަން ދިވެހި ރުފިޔާ އެވެ.