ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މަރާލަން އިންޒާރު ދެމުން ހަމަލާ ދީ ޒަހަމް ކޮށްލި މީހާގެ ބަންދަށް 15 ދުވަސް ދީފި އެވެ.
ފުލުހުން މިއަދު ބުނީ އަލީ ސޯލިހަށް އިއްޔެ ހަމަލާ ދީގެން ހައްޔަރު ކުރި މީހާގެ ބަންދުމ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އިތުރު ކޮށްދީފައިވާ ކަމަށެވެ.
އިއްޔެ އަލީއަށް ހަމަލާ ދީ ޒަހަމްކޮށްލީ ކަޓަރަކުންނެވެ. އަލީ ސޯލިހަށް ހަމަލާ ދިން އެ މީހާ ވަނީ މިދިއަ ޖުލައި މަހު ސަލްމާން މިސްކިތުގެ މިންބަރަށް ހުކުރު ގަޑީގައި އަރާ ނަމާދަށް ހުރަސް އަޅާފަ އެވެ. އިއްޔެގެ ހަމަލާ އައީ އެ މައްސަލައިގައި ފުލުހުން އޭނާ ދޫކޮށްލާފައި ހުއްޓަ އެވެ.