ސަރުކާރުގެ ބޮޑު ތަފާތު ކުރުން، ބޮޑުކަންނެލި މަސްވެރިން ތިލަކޮށްފި

މީގެ ދެ އަހަރެއް ކުރިން އުފެއްދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ މަސްވެރިންގެ ދުވަހާ ދިމާކޮށް މީގެ އަހަރެއް ކުރިން މާލެ ވަށައި ދޯނި ބުރެއް ޖަހާފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ބޭއްވި މަސްވެރިންގެ ދުވަހު ދުރާލާ ރާވައިގެން ސަރުކާރުގެ އިސްވެރިންނަށް ދައުވަތު ދީގެން މި މުޒާހަރާ ބާއްވާފައިވެ އެވެ.

ރާއްޖޭގެ ކާރުހަނާއެއްގައި ބޮޑު ކަންނެލި ކިރަނީ: ކަންނެލީގެ މަސްވެރިންނަށް ތަފާތު ކުރުން ބޮޑު ކަމަށް ބުނޭ

ކަޅުބިލަ މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ވިއްކި ނަމަވެސް ބޮޑު ކަންނެލި މަސްވެރިންނަކަށް އަގުހެޔޮ ތެލެއް ނުލިބެ އެވެ. ނަމަވެސް މިހާތަނަށް ކަންނެލި މަސްވެރިން ތިބީ މި ކަމުގައި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެންމެ ފަހުން ކަންނެލި މަސްވެރިން މިވަނީ ޝަކުވާ މި ތަފާތު ކުރުމުގެ ޝަކުވާ ތިލަ ކޮށްފަ އެވެ.

ބޮޑު ކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) ގެ ނޫސް ބަޔާނެއްގައި ބުނީ މި ޔޫނިއަނަކީ ބޮޑު ކަންނެލި މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް ހިމާޔަތް ކުރަން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށާ ކަންނެލި މަސްވެރިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ތަސައްލީއެއް ނުލިބި ދިގު ދެމިގެން ދާއިރު، ކަންނެލި މަސްވެރިކަން ހަލާކަށްދާން ގަސްތުގައި ސަރުކާރުން ދޫކޮށްލައިގެން ތިބުމަކީ މި ޔޫނިއަންއިން ކަންބޮޑުވާކަމެއްގެ ގޮތުގައި ވެސް ބުނެފައިވެ އެވެ.

އެ ޔޫނިއަން އިން ވަނީ މިހާރު މި ބާވަތުގެ މަސްވެރި ކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ތެލުގެ އަގު ބޮޑުވުމުގެ މައްސަލާގައި ޝަކުވާކޮށްފަ އެވެ؛ މިހާރު ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކަންނެލި މަސްވެރިންނަށް ތެޔޮ ލިޓަރެއް ވިއްކަނީ 20.02ރ. އަށް ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ މަސްވެރިންނަށް ފެލިވަރާއި ކޫއްޑޫން 16.86ރ. އަށް ޑީސަލް ވިއްކްމުން ދާކަން ފާހަގަކޮށްފައިވެ އެވެ.

"... ކަންނެލި މަސްވެރިކަމަކީ މުޅި މާލެ ސަރަހައްދުގައި މަސްކިރާ ތެލާއި ކޮއްތާއި އަދި ބޯފެން އާއްމު ގޮތެއްގައި އަރުވައިގެން މަސައްކަތް ކުރާ ފަރާތްތަކަށްވާއިރު މާލެ ސަރަހައްދުގައި ޑީސަލް ލިޓަރެއް 16.68ރ. އަށް ވިއްކަން ލިބޭއިރު، އެއްވެސް ގޮތެއް ހަމަޖެހިފައި ނެތި 20ރ. އަށް ޑީސަލް ލިޓަރެއް ގަންނަން ޖެހުމަކީ ބޮޑު ކަންބޮޑުވުމެކެވެ،" ޔޫނިއަން އިން ބުނެފައިވެ އެވެ.

އެހެންވެ އެ ޖަމިއްޔާ އިން ވަނީ މި މައްސަލަ ހައްލުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

މީގެ ދެ އަހަރެއް ކުރިން އުފެއްދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ މަސްވެރިންގެ ދުވަހާ ދިމާކޮށް މީގެ އަހަރެއް ކުރިން މާލެ ވަށައި ދޯނި ބުރެއް ޖަހާފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ބޭއްވި މަސްވެރިންގެ ދުވަހު ދުރާލާ ރާވައިގެން ސަރުކާރުގެ އިސްވެރިންނަށް ދައުވަތު ދީގެން މި މުޒާހަރާ ބާއްވާފައިވެ އެވެ. މި އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެން ވާހަކަ ދެއްކެވި އެވެ. އަދި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ހައްލު ކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.