މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބައެއް ޖެޓީތައް ބަންދުކުރަނީ

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޕެރޭޑް އޮތީ މާދަމާ ހަވީރު އެވެ. މާދަމާ ރޭ ފުޅަނދު ބުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ މާލޭގެ ބޮޑެތި މަގުތަކުގަ އެވެ.

މާލޭގެ ރަސްމީ ޖެޓީ: އެ ސަރަަހައްދު މާދަމާ މެންދުރު ފަހުން ފެށިގެން ބަންދުކުރަން ވަނީ ހަމަޖެހިފައި --

މިއަދު ފާހަގަކުރާ 58 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ގޮތުން މާލޭގެ ބައެއް ޖެޓީތައް ބަންދުކުރަން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ މިނިވަން ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކާއި ގުޅިގެން މާދަމާގެ މެންދުރު ފަހު 2:00 އިން ފެށިގެން 28 ވަނަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ.

އެގޮތުން، މާލެ ފަޅުތެރެ ޖެޓީ ނަންބަރު 1، 2، 3 އާންމު ދަތުރުފަތުރަށް ބަންދުވާނެ ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާގެ މެންދުރު ފަހު 2:00 ގެ ކުރިން ނެގުމަށްވެސް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މިރޭ ގަލޮޅު ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންވެ، މިއަދު އިރުއޮއްސި 6:45 އިން ފެށިގެން ކުޅިވަރު ހަރަކާތްތައް ނިމެންދެން އެ ސަރަހައްދުގައި ދަތުރުފަތުރު ކުރުން މަނާ ވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

މިރޭ ދަތުރުފަތުރު ކުރުން މަނާ ސަރަހައްދު ދައްކައިދޭ ޗާޓު --

އެވަގުތުގައި ބައެއް ސަރަހައްދުތަކުގައި ވަނީ އެއްވެސް ވަރަކަށް އުޅަނދު ދުއްވުން މަނާ ކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޕެރޭޑް އޮތީ މާދަމާ ހަވީރު އެވެ. މާދަމާ ރޭ ފުޅަނދު ބުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ މާލޭގެ ބޮޑެތި މަގުތަކުގަ އެވެ. ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދުތައް ދައްކާލުން ވެސް އޮންނާނެ އެވެ. އަދި ހަމަ އެ ރޭ އެތަނުގައި މިނިވަން ދުވަހުގެ ކާނިވާ ހުޅުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.