ސޯލިހަަށް ދިން ހަމަލާ؛ ނަޝީދު ގުޅުވާލީ ހަރުކަށި ފިކުރާ

ހަމަލާ ކުށްވެރި ކުރައްވާ ނަޝީދު ޓްވިޓާގައި ޕޯސްޓެއް ކުރެއްވި އެވެ. އޭގައި ވިދާޅުވީ ރާއްޖޭގައި އިންތިޒާމުވެ ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާބޮޑަށްވެސް ހަރުދަނާ ވާން ޖެހޭ އެވެ.

ރައީސް މުހައްމަދު ނަޝީދު: އަލީ ސޯލިހަށް ދިން ހަމަލާ ކުށްވެރި ކުރައްވާ އެކަން ހަރުކަށި ފިކުރާ ގުޅުވައިލެއްވި -- ދައުރު ނޫހުގެ ފޮޓޯއެއް

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މިއަދު ދިން ހަމަލާއަކީ ރާއްޖޭގައި އިންތިޒާމުވެ ހިންގާ ހަރުކަށި ފިކުރުގެ އަމަލުތަކުގެ ތެރެއިން އަމަލެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިިފި އެވެ.

ނަޝީދު އެ ހަމަލާ ކުށްވެރި ކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި އިންތިޒާމުވެ ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ވާން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގައި އިތުބާރު ހިފެން / އިތުބާރު އޮންނަން ޖެހޭ ކަމަށެވެ.

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މަރާލާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދެމުން ގޮސް ސްޓޭޓް މިނިސްޓަރުގެ ގައިކޮޅަށް އަތްލައި ކަޓަރަކުން ހަމަލާ ދީ، ޒަހަމްކޮށްލީ ރ. މަޑުއްވަރީއަށް ނިސްބަތްވާ މީހެކެވެ. ޖަމީލު ނަމަކަށް ކިޔާ އެ މީހާއަކީ މިދިއަ ޖުލައި މަހުގެ ފުރަތަމަ ދުވަހު، ހުކުރު ނަމާދަށް މީހުން ސަލްމާން މިސްކިތަށް އަރާ ތިއްބާ ހައްދުފަހަނަ އަޅާފައިވާ އައިސިސް ރަމްޒްވާ ގޮތަށް ޖުއްބާއެއް ލައިގެން މިސްކަތަށް ވަދެ، މިންބަރަށް އަރާ ހުކުރު ނަމާދަށް ހުރަސް އެޅުމުން މިސްކިތުގެ ކުރީ ސަފުތަކުގައި ތިބި މީހުން ގޮސް މިންބަރުން ބާލައި ފުލުހުންނާ ހަވާލު ކުރި މީހެކެވެ.

އެމީހާ ދޫވެ މުޖްތަމައުގައި އުޅެމުން ދިޔައީ ފުލުހުންގެ އިހުމާލުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.