ޝަރަފު 4 ބޭފުޅަކަށް، ހިތްވަރުދިނުމުގެ އިނާމު 17 ބޭފުޅަކަށް

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދެވި ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ދެއްވަނީ --

ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ހަނދާނީ ފިލައެކެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިއަހަރު ހޯއްދެވީ؛

  • ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ - އައްޝައިޚް އަހުމަދު ފަހުމީދީދީ، ގ. ސިނަމާލެ 1 13-01
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ - ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
  • ފަތުރުވެރިކަމުގެ ދާއިރާ - ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ދަތުރުފަތުރުގެ ދާއިރާ - ކެޕްޓަން އަހުމަދު ޒުބައިރު، މ. މޯނިންވިލެޖް
  • ކުޅިވަރުގެ ދާއިރާ - މައިޒާން އަލީމަނިކު، ހ. އިސްދޫ
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދެވި ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ދެއްވަނީ --

މިއަދުގެ ރަސްމިއްޔާތުގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލް ކުރެއްވި ބޭފުޅުންގެ ތެރޭގައި ކީރިތި ގުރުއާން އުނގަންނައިދީ ގުރުއާނުގެ އިލްމުގެ ދާއިރާއިންނާއި ދީނަށް ހޭލުންތެރިކުރުމުގެ ދާއިރާގެ ބޭފުޅުން ހިމެނެ އެވެ. އަދި ދިވެހި އަދަބިއްޔާތުގެ ހިދުމަތްތެރިންނާއި ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުގެ ބޭފުޅުން ހިމެނެ އެވެ.

ސަރުކާރުން ކޮންމެ އަހަރަކު ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށް ދޭ އިނާމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.