މިއަހަރު ހުނަރުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ކެޓެގެރީން އިނާމު ހޯދީ ރާއްޖޭގައި މަގުބޫލު ކަމެއް ހޯދައިވާ ރޮބޯމޭން އެވެ.
ކީރިތި ގުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިން ފާސްވި 10 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް އަރުވައިފި އެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމު ދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި އެންމެ މަތީ ދަރަޖައިން ފާސްވި 10 ހާފިޒުންނަށް ރައީސް ދެއްވާ މެޑަލް އަރުވާފައިވެ އެވެ. އެއީ؛
މިއަދުގެ ޖަލްސާގައި ރައީސް ވަނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދި 15 ފަރާތަކަށް ހާއްސަ އިނާމު ދެއްވާފަ އެވެ. އަދި ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދި ދެ ފަރާތަކަށް އިނާމު ދެއްވާފައިވެ އެވެ.
މިއަހަރު ހުނަރުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ކެޓެގެރީން އިނާމު ހޯދީ ރާއްޖޭގައި މަގުބޫލު ކަމެއް ހޯދައިވާ ރޮބޯމޭން އެވެ. ރޮބޯމޭން އަކީ ކުޑަކުދިންގެ ތެރޭގައި ވެސް އެންމެ މަގުބޫލުކަމެއް ހޯދައިފައިވާ ކެރެކްޓާއެކެވެ. އޭނާ އެންމެ މަޝްހޫރީ އޭނާގެ ތަފާތު ޑާންސް ސްޓައިލަށެވެ.