ހަގީގީ މާނައިގައި މިނިވަންކަން ލިބުނީ މި ފަސް އަހަރު: ރައީސް

ރައީސް ވިދާޅުވީ މިއަދު މިނިވަންކަމުގެ ރަސްމިއްޔާތު ބާއްވަމުންދާއިރު، އިއްޔެ ތިބި ހިސާބާއި، މިއަދު ތިބި ފިޔަވަޅުމަތިން ހިނގައިގަނެ، މާދަމާ އަތުލާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނައިލުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --

ރާއްޖޭގެ ތާރީހަށް ބަލާއިރު މިދިޔަ ފަސް އަހަރަކީ ފުރިހަމަ މާނައިގައި މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް މިއަދު ފެންނަމުން ދަނީ އެކި ގޮތްގޮތުން ރާއްޖެއަށް މިނިވަންކަން ލިބިފައިވާ މަންޒަރު ކަމަށެވެ.

އެގޮތުން، ސިޔާސީ ގޮތުންނާއި ދާހިލީ ގޮތުން އަދި ފަރުދުންގެ ޒާތީ މިނިވަންކަން ވިޔަސް މި ފަސް އަހަރު ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --

ރައީސް ވިދާޅުވީ މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެ މީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފާ ކަމަށާއި، މިނިވަންކަންމަތީގައި ގައުމު ދެމި އޮތް ނަމަވެސް، ގައުމީ ދިދައިގެ ހިޔަލުގައި އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް ކަމަށެވެ. އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާއި ގުޅިފައިވާ އަސާސީ އަދި ޒަރޫރީ ކަންކަން ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު މިނިވަންކަމުގެ ރަސްމިއްޔާތު ބާއްވަމުންދާއިރު، އިއްޔެ ތިބި ހިސާބާއި، މިއަދު ތިބި ފިޔަވަޅުމަތިން ހިނގައިގަނެ، މާދަމާ އަތުލާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނައިލުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށާއި، އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ މީގެ ކުރިން ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމަށާއި، ސަރުކާރުގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ރާސްތާއަކަށް ދިވެހިން ނެރެދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.