މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވަވައިފި

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، މިނިވަން ދުވަހުގެ ތަހްނިޔާ ވިދާޅުވެފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 58 އަހަަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، މިނިވަން ދުވަހުގެ ތަހްނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ދައުލަތުގެ އިސްވެރިންނާއި ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި އެކި ކޮމިޝަންތަކުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ސިވިލް ސަރވިސް އާއި ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ އިޖުތިމާއީ އަދި އެނޫން އެހެން ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންނާ ޒުވާނުންނާއި އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިން ބައިވެރިވިއެވެ.

އަދި ޔުނިވާސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުން ވެސް މި ބައްދަލުކޮށްލެއްވުމުގައި ބައިވެރިވިއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.