ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް

މިއީ ރިޔާސީ އިންތިހާބެއްގައި ނާޒިމް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. ނާޒީމް މިހާރު ވަނީ އޭނާގެ ކެމްޕޭނު ހަރަކާތްތައް ވެސް ފަށައިފަ އެވެ. ކެމްޕޭނު ދަތުރުތައް ވެސް މިހާރު ވަނީ ފައްޓަވާފަ އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހަމަޖައްސައިފި އެވެ.

ނާޒިމްގެ އެޖެންޓްގެ ގޮތުގައި އުޝާމް ހަމަޖައްސާފައިވާކަން އެޕާޓީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އުޝަމަކީ އެޕާޓީގެ ނައިބް ރައީސްގެ މަގާމުވެސް ފުރުއްވަމުން އަންނަ ބޭފުޅެކެވެ. 

މިއީ ރިޔާސީ އިންތިހާބެއްގައި ނާޒިމް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. ނާޒީމް މިހާރު ވަނީ އޭނާގެ ކެމްޕޭނު ހަރަކާތްތައް ވެސް ފަށައިފަ އެވެ. ކެމްޕޭނު ދަތުރުތައް ވެސް މިހާރު ވަނީ ފައްޓަވާފަ އެވެ.

އެމްއެންޕީ އިން ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތިލެއްވީ ނާޒިމް އެކަންޏެވެ. އެހެންވެ، އިންތިހާބަކާ ނުލާ ނާޒިމް އަށް ޓިކެޓް ވަނީ ލިބިވަޑައިގެންފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.