މީޑިއާނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގި ދެ މީހުން ހައްޔަރު

މީޑިއާ ނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ދެ މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އެއީ 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ.

މީޑިއާނެޓްގެ އޮފީސް: މި އޮފީހަށް ބަޔަކު ވަދެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލި
  •  އެކަކު ޝަރީއަތް ނިމެންދެން ބަންދު
  •  އަނެއް މީހާ ތަހުގީގު ނިންމެންދެން ބަންދު

މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގާ މީހަކު ޒަހަމް ކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މީޑިއާ ނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގީ މިދިއަ ބުރާސްފަތި ދުވަހު އެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފަ އެވެ. 19 އަހަރުގެ މީހާ ބަންދުގައި ބަހައްޓަން އަންގާފައި ވަނީ ތަހުގީގު ނިމެންދެނެވެ.

އެ އޮފީހަށް ވަދެގެންފައި ވަނީ ދަގަނޑުބުރިތަކާއި ވެލްޑިން ރޮޑާއި މަރުތެޔޮ ފާޑުގެ، މީހުންނަށް ހަމަލާ ދެވިދާނެ ހަތިޔާރާއި އާލާތް ހިފައިގެން ތިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.