ގައުމީ އެއާލައިންގެ ބޯޓެއްތެރޭ ފައިދިގު މަކުނެއް!

މޯލްޑިވިއަންގެ ބޯޓަކުން ބޮޑު ފައިދިގު މަކުނެއް ފެނިގެން އެ އެވީޑިއޯ އާއްމު ވުމާއެކު، އައިލެންޑް އޭވިއޭޝަނުން ބުނީ ހުރިހާ ފްލައިޓެއްވެސް ދަތުރު ފެށުމުގެ ކުރިން ފިއުމިގޭޓް (ސާފު) ކުރާ ކަމަށެވެ. އެހެންވެ ބެލެވެނީ މި މަކުނަކީ ލަގެޖަކުން ނުވަތަ ޓްރާންސިޓެއްގައި ވަތް އެއްޗެއް ކަމަށެވެ.

ބޯޓު ތެރެއިން ފެނުނު ފައިދިގު މަކުނު

ފިލްމެއްގައި މަތިންދާ ބޯޓަކަށް ހަރުފަތަކެއް އަރައިގެން ހާދިސާއެއް ހިނގަ އެވެ. އެއީ ހިޔާލީ ވާހަކަ އެކެވެ. އެކަމަކު މި ފަހަރު މިއީ ހިޔާލީ ވާހަކަ އެއް ނޫނެވެ. ރާއްޖޭގައި ހިންގި ހަގީގީ ހާދިސާ އެކެވެ. ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓަކުން މިވަނީ ބޮޑު ފައިދިގު މަގުނެއް ފެނިފަ އެވެ.

މާލީ ގޮތުން ފުން ވަޅުގަނޑެއްގައި އޮތް މެނޭޖުމަންޓް ބޮއްސުން ލާފައިވާ މޯލްޑިވިއަންގެ ބޯޓަކުން ފެނިފައިވަނީ އާއްމުކޮށް ރާއްޖޭން ފެންނަ ޒާތުގެ ކުޑަ ފައިދިގު މަކުނެއް ނޫނެވެ. ބެލެވޭ ގޮތުގައި މިއީ "ހަންޓްސްމަން ސްޕައިޑާ" އާއިލާގެ ފައިދިގު މަކުނެވެ. އެކަމަކު މި ޒާތުގެ މަކުނަކީ ނުރައްކަލެއް ހުރި އެއްޗެއް ނޫން ކަމަށްވެ އެވެ.

މޯލްޑިވިއަންގެ ބޯޓަކުން ބޮޑު ފައިދިގު މަކުނެއް ފެނިގެން އެ އެވީޑިއޯ އާއްމު ވުމާއެކު، އައިލެންޑް އޭވިއޭޝަނުން ބުނީ ހުރިހާ ފްލައިޓެއްވެސް ދަތުރު ފެށުމުގެ ކުރިން ފިއުމިގޭޓް (ސާފު) ކުރާ ކަމަށެވެ. އެހެންވެ ބެލެވެނީ މި މަކުނަކީ ލަގެޖަކުން ނުވަތަ ޓްރާންސިޓެއްގައި ވަތް އެއްޗެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.