އެމަނިކުފާނުގެ ވެރިކަމުގައި އަޅުއްވަން ވަައުދުވެވެޑަައިގެންނެވި 20،000 ހައުސިން ޔުނިޓްތައް ވެގެންދާނީ އެ އުސޫލުން ފައިސާ ނުނަގާ ގޮތަށް ދޫކުރެވޭ ތަންތަނަށް ކަމަަށް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި އަޅުއްވަން ވަައުދުވެވެޑަައިގެންނެވި 20،000 ހައުސިން ޔުނިޓްތައް ވެގެންދާނީ ފައިސާ ނުނަގާ ގޮތަށް ދޫކުރެވޭ ތަންތަނަށް ކަމަަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މާލޭ ދާއިރާގެ ޒުވާނުންނަށް ހާއްސަ ކޮށްގެން "35-18" ނަމުގައި މިރޭ ބްރިޖް ޕްލެޓްފޯމްގައި ބޭއްވި ހަރަކާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
ގާސިމް ރޭ ވެސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއް ގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް ސަރުކާރުން ބޯހިޔާވަހި ކަމަށް ދީފައިވާ ފްލެޓްކަމަށް ވިޔަސް ގެއެއް ކަމަށް ވިޔަސް ދައުލަތަށް ލާރި ދައްކާކަމަށް ވާނަމަ އެ ހުރިހާ ފައިސާ އެއް މާފުކޮށްދެއްވާނެ ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމުގައި އަޅުއްވަން ވަައުދުވެވެޑަައިގެންނެވި 20،000 ހައުސިން ޔުނިޓްތައް ވެގެންދާނީ އެ އުސޫލުން ފައިސާ ނުނަގާ ގޮތަށް ދޫކުރެވޭ ތަންތަނަށް ކަމަަށް ވިދާޅުވި އެވެ.
"އެއީ އެކަމަށް ގާބިލް އެންމެ އެކަށީގެންވާ ގެދޮރަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ފަހިކޮށްދޭނީ. އެއީ ޕާޓީގައި ހުރި މީހަކަށް ބަލައިގެނެއް ނޫން. އެއީ ކޮންމެ ޕާޓީއެއްގައި ހުރި މީހެއްކަމުގައި ވިޔަސް ކޮށްމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެކަމުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ކޮށްދޭނީ،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ބޮޑެތި ބަލިތައް ދިމާވާ ޒުވާންނާއި އެނޫން ފުރައިގެ މީހުންނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ކަމަަށެވެ. އަދި ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ފަރުވާއަށްދާނަމަ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސަވަައިދެެއްވާނެ ކަމަށެވެ.
"ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް އެހީތެރިއަކަށް ދާނެ ހަރަދާއި ތިބުމުގެ ހަރަދާއި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސަރުކާރުން ފޯރުކޮށްދޭނެ،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަލި ބައްޔަށް ބޭސްފަރުވާ ކުރެވޭނެ ނިޒާމު ހަމަޖައްސާނެ ކަމަަށް ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެންދާއިރު ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު އެ ވަސީލަތްތައް ގާއިމްކޮށް ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގުން ދިވެހީން ސަލާމަތް ކޮށްދެއްވާނެ ކަމަަށް ގާސިމް ވިދާޅުވި އެވެ.
ޖޭޕީގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަން ކެރޭ ހުރިހާ އެންމެނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދީ އެކަމުގެ ހުނަރު ހުރި މީހުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި ގާސިމްގެ ސަރުކާރެއްގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"މިހެން ދަންވާއިރުވެސް އެންގިވަޑައިގަންވާނެ ވަޒީފާ އަކަށްދާއިރު އެކުއްޖެއްގެ ސްކިލްހުރި ގޮތަކުން އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެކުއްޖަކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ. އެހެން ނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެއޭ،"
ގާސިމް ވިދާޅުވީ ތައުލީމީ ގޮތުން ރަނގަޅު ގާބިލް ބަޔަކު އުފެއްދުމަށް އެންމެން ޝާމިލްވާ ގޮތަށް ރާއްޖޭއާ ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއްވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ތަނަވަސްކޮށްދެއްވާނެ ކަމަަށް ވިދާޅުވި އެވެ.