ޖާހް ކުންފުނިން އެ ޕްރޮޖެކްޓްގެ 91 ޕަސެންޓް މަސައްކަތް ވަނީ ނިންމާފަ އެވެ.
ޖާހް ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އަޅަމުންދާ ހައުސިން ޔުނިޓްތަކުގެ ނިންމުން އަވަސް ކުރުމަށް އާބަންކޯ އިން އެ މަސައްކަތާ ހަވާލުވެއްޖެ އެވެ.
އާބަންކޯ އިން ބުނީ ޖާހް ކުންފުނީގގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ، ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށް ގެއްލުންވަމުންދާ ކަމަށެވެ. އެ ގެއްލުން ކުޑަކޮށް، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އާބަންކޯ އިން މަސައްކަތް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ޖާހް ކުންފުނިން އެ ޕްރޮޖެކްޓްގެ 91 ޕަސެންޓް މަސައްކަތް ވަނީ ނިންމާފަ އެވެ.
އާބަންކޯ އިން ބުނީ ޑިވެލޮޕަރު ބަދަލުކޮށް އާ ޑިވެލޮޕަރެއް ހޯދައި މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ. އެހެންވެ، އެ ކުންފުންޏާއި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކްތައް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މި ކޯޕަރޭޝާންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ، ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުންކަން ފާހަގަކުރަން،" އާބަންކޯ އިން ބުންޏެވެ.