އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ނާޒިމާއި އިތުރު ތިން މީހަކަށް

އެއްް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތުގައި ހަރާމް ކަމެކެވެ. ޖިންސީ ކުށުގެ ގާނޫނުގެ 24 ވަނަ މާއްދާގެ އަކުރު (ހ) އާއި އަކުރު (ށ) ގައި ބުނާ ގޮތުން މީހަކު ޖިންސީ އަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ރުހުމުގައި ނުވަތަ ނުރުހުމުގައި ހިންގި ނަމަވެސް އެއީ ކުށެކެވެ.

ނާޒިމް ސައްތާރު: އޭނާގެ މައްޗަށް ވަނީ ދައުވާކޮށް ދޭން އެދިފައި -- ފޮޓޯ: މިހާރު

ރާއްޖެއަށް މަސައްކަތު އައި ބަންގާޅު ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވި، ކެނެރީގޭ ނާޒިމް ސައްތާރާއި ބަންގާޅު އެ މީހާ، އެމްޑީ އަލަމްގީރް އާއި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

ޕީޖީގެ އޮފީހުން މިއަދު ބުނީ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުން ފެނި ތުހުމަތުވި ހަތަރު މީހަކަށް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ ކޮށްދޭން ކޯޓްގައި މިދިއަ ބުރާސްފަތި ދުވަހު އެދިފައިވާނެ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރާން ކޯޓަށް ފޮނުވި އިރު އެ މީހުން ވަނީ ޖަލު ބަންދުން ދޫކޮށްލާފަ އެވެ. އެމީހުން ބަންދުން މިނިވަން ކުރީ އެއީ ބަންދުގައި ބަހައްޓާވަރުގެ ކުށެއް ނޫން ކަމަށް ޕީޖީން ބުނެގެނެވެ.

އަލްމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފަހައްޓާފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައި ވެއެވެ. އަދި ތުހުމަތުވި ބައެއް މީހުން އެ މީހުންގެ ތިބި މަގާމުތަކުން ސަސްޕެންޑު ވެސް ކޮށްފައި ވެއެވެ.

ކަސްޓަމްސް ދެ މުވައްޒަފަކާއި ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންނާއި އިމާމެއްގެ އިތުރުން ޓީޗަރަކާއި ސިފައިންގެ މީހަކު ވެސް މި ބޮޑު "ސެކްސް ސްކޭންޑަލް" އާ ގުޅިގެން ސަސްޕެންޑުކޮށްފައި ވެއެވެ. ބަންގާޅު މީހާއާއެކު ގުޅުން ހިންގި ދިވެހި ފިރިހެނުންގެ އަދަދު 50 އާ ކައިރި ކުރާ ކަމަށް ވެއެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް

އެއްް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތުގައި ހަރާމް ކަމެކެވެ. ޖިންސީ ކުށުގެ ގާނޫނުގެ 24 ވަނަ މާއްދާގެ އަކުރު (ހ) އާއި އަކުރު (ށ) ގައި ބުނާ ގޮތުން މީހަކު ޖިންސީ އަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ރުހުމުގައި ނުވަތަ ނުރުހުމުގައި ހިންގި ނަމަވެސް އެއީ ކުށެކެވެ. ގާނޫނުލް އުޤޫބާތު / ޕީނަލް ކޯޑްގެ 412 ވަނަ މާއްދާގެ އަކުރު (ށ) ގައި ބުނެފައިވަނީ ތިމާއާ އެއްޖިންސުގެ މީހަކާއެކު ޖިންސީ މުއާމަލާތެއް ހިންގާ މީހާ ކުރަނީ ކުށެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.