މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެންބަރުންނާއެކު އުޅެވޭނެ ބޭފުޅެއް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަށް ވުމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ވިދާޅުވެ ވާހަކަ ދައްކަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ކަމަށް ފައްޔާޒް ކުރެއްވި ތުހުމަތު މޫސަ ދޮގު ކުރައްވައިފި އެވެ.
ރައީސްގެ ރަނިން މޭޓަކަށް ވާނެ ބޭފުޅަކާމެދު ސުވާލު އުފެދިފައި ވަނިކޮށް ފައްޔާޒް މިއަދު ވަނީ އެކަމަކަށް ރައްދު ދެއްވައި ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފައްޔާޒްގެ ޝައުގުވެރިކަން ހުރިކަމުގެ ވާހަކަތައް ދައްކަމުން ދަނީ ރީކޯ މޫސާ މަނިކު ކަމަށެވެ.
"އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއް ނެތް. ތިވާހަކަ ކޮންމެވެސް ސަބަބަކާ ހުރެ ތިވާހައެއް ދައްކަވަމުން ދަނީ ރީކޯމޫސަ. އެއީ ވަރަށް ދެރަ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒުގެ ވާހަކަތަަކަށް ރައްދު ދެއްވާ މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެންބަރުންނާއެކު އުޅެވޭނެ ބޭފުޅެއް ކަމަށެވެ. ނޫހެއްގައި ލިޔާ ވާހަކައަކާއި ގުޅިގެން އާންމުންތެރޭ އޭނާއާ ދިމާކުރުމަކީ ފައްޔާޒުވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މޫސަ ވަނީ ފައްޔާޒާއި ގުޅޭގޮތުން ވާހަކަ ދައްކަވަނީ އޭނާ ކަމަށް ވިދާޅުވެ ފައްޔާޒް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
"ކަނޑައެޅިގެން ދޮގު ވާހަކަތައް ނުފަތުރާ،" ފައްޔާޒަށް ރައްދު ދެއްވާ މޫސަ ވިދާޅުވި އެވެ.
މިދިޔަ ދުވަސްތަކުގައި ވ. އަތޮޅަށް ވަޑައިގެން ރައީސް ވެސް ވަނީ ކޮންމެވެސް ވަރަކަށް އެކަމާ ގުޅިގެން ވާހަކަދައްކަވާފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އަދި ރަނިން މޭޓަކީ ކޮން ބޭފުޅެއްކަން ނުނިންމަވާ ކަމަށެވެ. އެ ނިންމުން ނިންމަން ޕާޓީގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ރަނިން މޭޓަކަށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު ރަނިން މޭޓަކަށް އިންތިހާބު ކުރީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ސޯލިހް ފައްޓަވާފައިވާ ކެމްޕެއިންގައި މޫސަ ގެންދަވަނީ ވަރަށް ބޮޑު ދައުރެއް އަދާ ކުރައްވަމުންނެވެ. ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވަނީ ރައީސްގެ ކެމްޕެއިން މަސައްކަތުގައެވެ. ރައީސާއެކު ހުރިހާ ދަތުރުތަކެއްގައި ހެން ބައިވެރިވެވަޑައިގަންނަވައެވެ.
ރަށްރަށް ވަޑައިގެން ތާއީދު އިތުރު ކުރެއްވުމަށް ފަރުދީ ގޮތުން ވެސް ވަރަށް ގިނަ މަސައްކަތް މޫސަ ކުރައްވައެވެ. ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގައިވެސް ރައީސާއެކު ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން މޫސަ ވަނީ ކެމްޕެއިން ކުރައްވާފައެވެ.